ދިވެހިރާއްޖެ
ހދ.ކުމުންދޫ ކައުންސިލަށް އެޗް. އާރު ސޮފްޓްވެއަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: (IUL)267-BFP/267/2024/53 އިއުލާނާއެކު އާއްމުކުރެވިފައިވާ ބިޑް ޑޮކިއުމަންޓްގައި ބިޑް ހުށަހަޅާ ތާރީޙަކަށް 20 އޮގަސްޓް 2024 ޖެހިފައިވަނީ އިދާރީ ކުށަކުން ކަމުގައި ދަންނަވަމެވެ. އަދި ބިޑް ހުށަހަޅަންޖެހޭ ތާރީޙަކީ 27 އޮގަސްޓް 2024 ކަމުގައި ދަންނަވަމެވެ.
އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 20 އޮގަސްޓް 2024 ވާ (އަންގާރަ) ދުވަހުގެ 10:00 ގެ ކުރިން މިއިދާރާއަށް ވަޑައިގެން، ނުވަތަ މިއިދާރާގެ ނަމްބަރ 6520034 އަށް ގުޅުއްވައިގެން، ނުވަތަ އޮންލައިންކޮށް ތިރީގައިވާ ލިންކުން ފޯމް ހުށަހަޅާ ރަޖިސްޓްރީވުމަށް އެދެމެވެ. މިކާމާ ގުޅޭ މަޢުލޫމާތު ކަރުދާސް މި ޢިއުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
ލިންކް: https://tinyurl.com/39t6c26f
ތަފްސީލް |
ތާރީޚް |
ގަޑި |
ރަޖިސްޓަރ ވުމުގެ ސުން ގަޑި |
20 އޮގަސްޓް 2024 (އަންގާރަ) |
10:00 |
އަންދާސީ ހިސާބު ހުށަހެޅުން |
27 އޮގަސްޓް 2024 (އަންގާރަ) |
13:00 |
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ކުމުންދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.އަންދާސީ ހިސާބް ހުށަހެޅުމުގައި ބައިވެރިވެވޭނީ ބިޑްގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.