ޢާންމު މަޢުލޫމާތު
ނަންބަރު: TTAM/IUL/141/2024/024
ޕަބްލިޝްކުރި ތާރީޚް: 16 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 22:46
ސުންގަޑި: 21 އޮގަސްޓް 2024 14:00
ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕް 2024

ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕް 25 އޮގަސްޓް 2024 ން 30 އޮގަސްޓް 2024 އަށް ތާވަލް ކުރެވިފައިވުމާއިއެކު މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ. މުބާރަތް ކުރިއަށް ގެންދިއުމަށް ރޭވިފައިވަނީ :

  • 13 އަހަރުންދަށް، (ސިންގަލްސް)
  • 15 އަހަރުންދަށް، (ސިންގަލްސް އަދި ޑަބަލްސް)
  • 17 އަހަރުންދަށް، (ސިންގަލްސް، ޑަބަލްސް އަދި މިކްސް ޑަބަލްސް)
  • 19 އަހަރުންދަށް، (ސިންގަލްސް، ޑަބަލްސް އަދި މިކްސް ޑަބަލްސް)
  • 1 ވަނަ ޑިވިޝަން (ސިންގަލްސް، ޑަބަލްސް އަދި މިކްސް ޑަބަލްސް)
  • 2 ވަނަ ޑިވިޝަން (ސިންގަލްސް، ޑަބަލްސް އަދި މިކްސް ޑަބަލްސް)
  • ޥެޓަރަންސް (ސިންގަލްސް، ޑަބަލްސް އަދި މިކްސް ޑަބަލްސް)

 

ވީމާ ، މި މުބާރާތުގައި ބައިވެރިވާން ބޭނުންފުޅުވެލައްވާ އެންމެހައި ފަރާތްތަކުން  21 އޮގަސްޓް 2024 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މުބާރާތުގެ ޕްރޮސްޕެކްޓަސް އާއި އެއްކަރުދާސް ކުރެވިފައިވާ އެންޓްރީ ފޯރމް ފުރިހަމަ ކުރުމަށްފަހު އައިޑީކާޑު ކޮޕީ އާއިއެކު މިސޯސިއޭޝަން އަށް ހުށައެޅުމަށް ދެންނެވީމެވެ. އިތުރު މަޢުލުމާތު ބޭނުންފުޅުވެލައްވާނަމަ 7778722 7779140 ނަންބަރާއި ގުޅުއްވުން ނުވަތަ [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ.

16 އޮގަސްޓް 2024