ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)10-DOFL/10/2024/82
ޕަބްލިޝްކުރި ތާރީޚް: 15 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 21:00
ސުންގަޑި: 31 އޮގަސްޓް 2024 14:00
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނާއި ގުޅިގެން ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާތަކާއި ގުޅޭ

 

 

                                                       ނަންބަރު:  IUL 10-DOFL/10/2024/82

އިޢުލާން

ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނާއި ގުޅިގެން ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާތަކާއި ގުޅޭ

           

      މި މިނިސްޓްރީގެ ނަންބަރު (IUL)10-H/10/2024/65 (04 ޖޫން 2024) އަދި (IUL)10-DOFL/10/2024/70  (24 ޖުލައި 2024) ވަނަ އިޢުލާނަށް ޙަވާލާދީ ދަންނަވަމެވެ.

      މި އިޢުލާނާއިއެކު އާންމު ކުރެވިފައިވާ ލިސްޓްގައި ބަޔާންކޮށްފައިވާ ފަރާތްތަކަކީ، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފީތަކާއި ގުޅިގެން ޤަވާޢިދުން ދައުލަތަށް ދައްކަންޖެހޭ ފީތައް ދައްކަމުންދާ ފަރާތްތަކެވެ. އަދި މިއަދާއި ހަމައަށް އެފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭކަމަށް ކަނޑައެޅިފައިވާ ޢަދަދައް ފައިސާ ދައްކާފައިވާކަން ފާހަގަ ކުރަމެވެ. ނަމަވެސް 2024 ޖުލައި 24 ވަނަ ދުވަހު އާންމުކުރި އިޢުލާނުގައި މިފަރާތްތަކުގެ ނަން ހިމެނިފައިވަނީ އެވަގުތަށް ދައުލަތަށް ދައްކަންޖެހޭ ފީގެ ޢަދަދު -/100،000ރ (އެއްލައްކަ) ރުފިޔާއަށްވުރެ އިތުރުވުމުގެ ސަބަބުންނެވެ.

ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާން ކުރަމެވެ.

     

 

 

 

 

 

 

 

 

 

15 އޮގަސްޓް 2024