ވަޒީފާގެ ފުރުޞަތު
ނަންބަރު: 480/IUL/2024/54
ޕަބްލިޝްކުރި ތާރީޚް: 15 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 16:53
ސުންގަޑި: 26 އޮގަސްޓް 2024 12:00
ދިވެހިރާއްޖޭގެ ބާ ކައުންސިލު
ދިވެހިރާއްޖެ
ވަޒީފާއަށް ކުރިމަތިލުމުގެ ފުރުޞަތު

ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އަންނަނިވި ވަޒީފާތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލަމެވެ.

މަޤާމު:

ޖެނެރަލް ކައުންސެލް

ބޭނުންވާ ޢަދަދު:

1 (އެކެއް)

މުއްދަތު:

1 އަހަރު (މަސައްކަތުގެ ފެންވަރަށް ބަލައި މުއްދަތު އިތުރުކުރެވިދާނެއެވެ.)

ވަޒީފާ އަދާ ކުރަންޖެހޭ ތަން:

ދިވެހިރާއްޖޭގެ ބާ ކައުންސިލް

ވަޒީފާގެ ދާއިރާ

ލީގަލް

މުސާރައާއި އިނާޔަތް:

(ބޭސިކް ޓޭކް-ހޯމް ޕޭ)

-/33,100 ރުފިޔާ

މަޤާމުގެ ހައިޘިއްޔަތުން ލިބޭ މުސާރައާއި ޢިނާޔަތްތައް:

މި އެލަވަންސްތަކުގެ އިތުރުން، އިތުރުގަޑީގައި މަސައްކަތްކުރާނަމަ ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، މަސައްކަތާއި ގުޅޭގޮތުން ދެވޭ އެހެނިހެން އެލަވެންސް، ރަމަޟާން އެލަވަންސް އަދި ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ލިބޭނެއެވެ.

އަސާސީ ޝަރުޠުތައް:

- ދިވެހި ރައްޔިތެއް ކަމުގައިވުން؛

- ޤާނޫނީ ދާއިރާއިން މާސްޓަރސް އަދި ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވުން؛

- ޤާނޫނީ ދާއިރާގައި މަސައްކަތްކުރުމުގެ 7 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން؛ މީގެ ތެރެއިން 3 އަހަރު ދުވަހަކީ ހިންގުމުގެ އިސް މަޤާމެއްގައި ހުރި މުއްދަތަކަށްވުން؛

- ޖިނާޔަތުގެ ކުށެއް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން؛ އަދި

- ޤާނޫނީ ދާއިރާގައި ކޮށްފައިވާ މަސައްކަތުގެ ތެރޭގައި އެމީހެއްގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދޭފަދަ މައްސަލައެއް ޝަރުޢީ ކޯޓަކަށް ނުވަތަ ބާ ކައުންސިލަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.

މަޤާމުގެ މަސްއޫލިއްޔަތުތައް:

  1. ޤާނޫނު ނަންބަރު 2019/5 ( ޤާނޫނީ ފަންނުގެ ޤާނުނު) ގެ ދަށުން ދިވެހިރާއްޖޭގެ ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީއަށާއި، ދާއިމީ ސަބްކޮމިޓީތަކުގެ މައްޗަށް ޤާނޫނުން މަތިކޮށްފައިވާ އެންމެހައި މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދާކުރުމަށް ބޭނުންވާ ޤަނޫނީ ލަފާދިނުން؛
  2. ޝަރުއީ ކޯޓުތަކާއި ޓްރައިބިއުނަލްތަކަށް އަދި މިނޫންވެސް ތަންތަނަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ދިވެހިރާއްޖޭގެ ބާ ކައުންސިލް ތަމްސީލްކުރުން؛
  3. ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން ނިންމާ ނިންމުންތައް ތަންފީޒުކުރުމާއި ބާ ކައުންސިލާ ގުޅުންހުރި އެންމެހައި ޤާނޫނީ ކަންކަމުގައި ބާ ކައުންސިލަށް އެކި ގޮތްގޮތުން ބޭނުންވާ ފަންނީ އެހީތެރިކަން ދިނުމާއި، ޤާނޫނީ އެކިއެކި ދިރާސާތައް ކުރުމާއި، މި ނޫންވެސް މަޤާމުގެ ޙައިޞިއްޔަތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން؛
  4. ބާ ކައުންސިލުގެ ޑިޕާޓްމަންޓް / ޑިވިޜަން / ސެކްޝަން ހިންގުމުގެ މަސްޢޫލިއްޔަތާއި ވާޖިބުތަކާ ޙަވާލުކުވާން ޖެހިއްޖެ ޙާލަތެއްގައި އެ ޒިންމާ އަދާކުރުމަށް ޤާނޫނީ މުވައްޒަފުންނަށް ބޭނުންވާ ލަފަޔާއި އިރުޝާދު ދިނުމާއި، އެ މުވައްޒަފުންގެ މަސައްކަތްތައް ސުޕަވައިޒްކޮށް ހިންގާ ބެލެހެއްޓުން؛ އަދި
  5. ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުގެ ދަށުން ބާ ކައުންސިލުން ކުރަންޖެހޭ މަސައްކަތްތަކާ ގުޅިގެން ޙަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.

މަޤާމު:

ކައުންސެލް

ބޭނުންވާ ޢަދަދު:

1 (އެކެއް)

މުއްދަތު:

1 އަހަރު (މަސައްކަތުގެ ފެންވަރަށް ބަލައި މުއްދަތު އިތުރުކުރެވޭނެއެވެ.)

ވަޒީފާ އަދާ ކުރަންޖެހޭ ތަން:

ދިވެހިރާއްޖޭގެ ބާ ކައުންސިލް

ވަޒީފާގެ ދާއިރާ

ލީގަލް

މުސާރައާއި އިނާޔަތް:

(ބޭސިކް ޓޭކް-ހޯމް ޕޭ)

 -/19،810 ރުފިޔާ

މަޤާމުގެ ހައިޘިއްޔަތުން ލިބޭ މުސާރައާއި ޢިނާޔަތްތައް:

މި އެލަވަންސްތަކުގެ އިތުރުން، އިތުރުގަޑީގައި މަސައްކަތްކުރާނަމަ ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި، މަސައްކަތާއި ގުޅޭގޮތުން ދެވޭ އެހެނިހެން އެލަވެންސް، ރަމަޟާން އެލަވަންސް އަދި ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ލިބޭނެއެވެ.

އަސާސީ ޝަރުޠުތައް:

- ދިވެހި ރައްޔިތެއް ކަމުގައިވުން؛

- ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވުން އަދި ވަކާލާތުކުރުމުގެ ހުއްދަ އޮތުން؛

- ޤާނޫނީ ދާއިރާގައި މަސައްކަތްކުރުމުގެ 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން؛

- ޖިނާޔަތުގެ ކުށެއް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން؛ އަދި

- ޤާނޫނީ ދާއިރާގައި ކޮށްފައިވާ މަސައްކަތުގެ ތެރޭގައި އެމީހެއްގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދޭފަދަ މައްސަލައެއް ޝަރުޢީ ކޯޓަކަށް ނުވަތަ ބާ ކައުންސިލަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.

މަޤާމުގެ މަސްއޫލިއްޔަތުތައް:

  1. ޤާނޫނު ނަންބަރު 5/2019 (ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނު) ގެ ދަށުން ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއާށާއި، ދާއިމީ ސަބްކޮމިޓީޓަކުގެ މައްޗަށް ޤާނޫނޫން މަތިކޮށްފައިވާ އެންމެހައި މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދާކުރުމަށް ބޭނުންވާ ޤާނޫނީ ލަފަޔާ އެހީތެރިކަން ދިނުން.
  2. ޝަރުޢީ ކޯޓުތަކާއި ޓްރައިބިއުނަލްތަކަށް އަދި މިނޫންވެސް ތަންތަނަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ދިވެހިރާއްޖޭގެ ބާ ކައުންސިލު ތަމްސީލްކުރުން.
  3. ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން ނިންމާ ނިންމުންތައް ތަންފީޒުކުރުމާއި ބާ ކައުންސިލާ ގުޅުންހުރި އެންމެހައި ޤާނޫނީ ކަންކަމުގައި ބާ ކައުންސިލަށް އެކި ގޮތްގޮތުން ބޭނުންވާ ފަންނީ އެހީތެރިކަން ދިނުމާއި، ޤާނޫނީ އެކިއެކި ދިރާސާތައް ކުރުމާއި، މި ނޫންވެސް މަޤާމުގެ ހައިސިއްޔަތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން؛
  4. މުވައްޒަފުންނާ ޙަވާލުކުރެވޭ ޤާނޫނީ މަސައްކަތްތައް ފުރިހަމަކުރަމުންދާކަން ކަށަވަރުކުރުމާއި މުވައްޒަފުންގެ މަސައްކަތް ބެލެހެއްޓުން؛
  5. ބާ ކައުންސިލުގެ ޑީޕާޓްމަންޓް/ ޑިވިޜަން/ ސެކްޝަން ހިންގުމުގެ މަސްޢޫލިއްޔަތާއި ވާޖިބުތަކާ ޙަވާލުވާން ޖެހިއްޖެ ޙާލާތެއްގައި އެ ޒިންމާ އަދާކުރުމަށް ޤާނޫނީ މުވައްޒަފުންނަށް ބޭނުންވާ ލަފަޔާއި އިރުޝާދި ދިނުމާއި، އެ މުވައްޒަފުންހެ މަސައްކަތްތައް ސުޕަވައިޒްކޮށް ހިންގާ ބެލެހެއްޓުން؛ އަދި
  6. ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުގެ ދަށުން ބާ ކައުންސިލުން ކުރަންޖެހޭ މަސައްކަތްތަކާ ގުޅިގެން ޙަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.

މަޤާމު:

ސީނިއަރ ޕްރޮގްރާމް އެސޯސިއޭޓް

ބޭނުންވާ ޢަދަދު:

2 (ދޭއް)

މުއްދަތު:

1 އަހަރު (މަސައްކަތުގެ ފެންވަރަށް ބަލައި މުއްދަތު އިތުރުކުރެވިދާނެއެވެ.)

ވަޒީފާ އަދާ ކުރަންޖެހޭ ތަން:

ދިވެހިރާއްޖޭގެ ބާ ކައުންސިލް

ވަޒީފާގެ ދާއިރާ

ޕްރޮގްރާމްސް

މުސާރައާއި އިނާޔަތް:

(ބޭސިކް ޓޭކް-ހޯމް ޕޭ)

 -/12،574 ރުފިޔާ

މަޤާމުގެ ހައިޘިއްޔަތުން ލިބޭ މުސާރައާއި ޢިނާޔަތްތައް:

މި އެލަވަންސްތަކުގެ އިތުރުން، އިތުރުގަޑީގައި މަސައްކަތްކުރާނަމަ ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، މަސައްކަތާއި ގުޅޭގޮތުން ދެވޭ އެހެނިހެން އެލަވެންސް، ރަމަޟާން އެލަވަންސް އަދި ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ލިބޭނެއެވެ.

އަސާސީ ޝަރުޠުތައް:

- ދިވެހި ރައްޔިތެއް ކަމުގައިވުން؛

- އޮފީސް މެނޭޖްމަންޓް، އެޑްމިނިސްޓެރޭޝަން، ނުވަތަ ގުޅޭ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތައް:

  1. ކަނޑައެޅިފައިވާ މަސައްކަތުގެ ދާއިރާއާ ގުޅިގެން އިންތިޒާމުކުރަންޖެހޭ ބާ ކައުންސިލުގެ ދާއިމީ ސަބްކޮމިޓީތަކުގެ ސެކްރެޓޭރިއޭޓް ބެލެހެއްޓުން؛
  2. މަސައްކަތުގެ ދާއިރާއާ ގުޅޭ ޕްރޮގްރާމްތަކުގެ އިދާރީ މަސައްކަތްތައް ބަލަހައްޓައި ބާ ކައުންސިލުގެ އެކިއެކި މަސައްކަތްތަކާ ގުޅޭ ގޮތުން ތައްޔާރުކުރަންޖެހޭ ލިޔެކިޔުމާއި ރިޕޯޓުތައް ތައްޔާރުކޮށް ބެލެހެއްޓުން؛
  3. މަސައްކަތާ ގުޅޭގޮތުން ބާ ކައުންސިލުން އިންތިޒާމްކުރާ އެކިއެކި ޖަލްސާ، ވަރކްޝޮޕް އަދި ސެމިނާތައް ރާވައި ހިންގާ ބެލެހެއްޓުން؛
  4. އޮފީހުގެ މަސައްކަތްތަކާ ގުޅިގެން ޢާންމުންނަށް ފޯރުކޮށްދޭންޖެހޭ މަޢުލޫމާތު ފޯރުކޮށްދިނުމަށް އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން؛
  5. މަސައްކަތްތަކާ ގުޅިގެން ވެބްސައިޓަށް ލާންޖެހޭ މަޢުލޫމާތު އަޕްޑޭޓްކޮށް ބެލެހެއްޓުން؛
  6. މަސައްކަތާ ގުޅޭގޮތުން އެކިއެކި ޖަލްސާ ވަރކްޝޮޕް އަދި ސެމިނަރތަކުގައި ބާ ކައުންސިލް ތަމްޘީލުކުރުން؛ އަދި
  7. ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުގެ ދަށުން ބާ ކައުންސިލުން ކުރަންޖެހޭ މަސައްކަތްތަކާ ގުޅިގެން ޙަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ ޢަދަދު:

1

މުއްދަތު:

1 އަހަރު (މަސައްކަތުގެ ފެންވަރަށް ބަލައި މުއްދަތު އިތުރުކުރެވިދާނެއެވެ.)

ވަޒީފާ އަދާ ކުރަންޖެހޭ ތަން:

ދިވެހިރާއްޖޭގެ ބާ ކައުންސިލް

މަސައްކަތުގެ ދާއިރާ:

އެންޓްރީ އެންޑް ޑިސްޕެޗް / އިދާރީ / ހިއުމަން ރިޒޯސަސް

މުސާރައާއި އިނާޔަތް:

(ބޭސިކް ޓޭކް-ހޯމް ޕޭ)

-/10,228 ރުފިޔާ

މަޤާމުގެ ހައިޘިއްޔަތުން ލިބޭ އެހެނިހެން އެލަވަންސްތަކާއި ޢިނާޔަތްތައް:

- މި އެލަވަންސްތަކުގެ އިތުރުން، އިތުރުގަޑީގައި މަސައްކަތްކުރާނަމަ ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، މަސައްކަތާއި ގުޅޭގޮތުން ދެވޭ އެހެނިހެން އެލަވެންސް، ރަމަޟާން އެލަވަންސް އަދި ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ލިބޭނެއެވެ.

އަސާސީ ޝަރުޠުތައް:

- ދިވެހި ރައްޔިތެއް ކަމުގައިވުން؛

- ބިޒްނެސް އެޑްމިނިސްޓްރޭޝަން، ބިޒްނެސް މެނޭޖްމެންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން މިއިން ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން. ނުވަތަ؛

- މަތީ ސާނަވީ (އޭ ލެވެލް) 2 މާއްދާއިން ފާސްވުމާއެކު، ބިޒްނެސް އެޑްމިނިސްޓްރޭޝަން، ބިޒްނެސް މެނޭޖްމެންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން ނުވަތަ މިނޫންވެސް މަސައްކަތާގުޅޭ ދާއިރާއެއްގައި 2 އަހަރުދުވަހުގެ ތަޖުރިބާ ހާޞިލްކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތައް:

  1. ބާ ކައުންސިލުގެ ރިސެޕްޝަނަށް އަންނަ ފޯނު ކޯލްތަކަށް ޖަވާބުދާރީވުން؛
  2. ބާ ކައުންސިލަށް ލިބޭ ލިޔެކިޔުންތައް ބެލެހެއްޓުމާއި ޖަވާބު ތައްޔާރުކުރަންޖެހޭ ލިޔުންތަކުގެ ޖަވާބު ތައްޔާރުކޮށް އެ ލިޔުންތައް ފޮނުވުން އަދި، ބާ ކައުންސިލުގެ ރިސެޕްޝަނަށް ލިބޭ ލިޔެކިޔުންތައް ބަލައިގަނެ ޙަވާލުކުރަންޖެހޭ ފަރާތްތަކާއި ޙަވާލުކުރުމުގެ މަސައްކަތް ކުރުމާއި، ބާ ކައުންސިލަށް އަންނަ ލިޔެކިތުންތައް ފައިލްކޮށް ބެލެހެއްޓުން؛
  3. ކައުންސިލުގެ ހިޔުމަން ރިސޯސަސްގެ އެންމެހާ މަސައްކަތްތައް ރާވައި ބެލެހެއްޓުން؛ އެގޮތުން، ބާ ކައުންސިލަށް މުވައްޒަފުން ނެގުމާއި، އިންޑަކްޝަން އާއި، މުވައްޒަފުންގެ ހާޒިރީއާއި، ޗުއްޓީ ސަލާމާ، އަދި މިނޫންވެސް ސްޓާފް ރެކޯޑާގުޅޭ އެންމެހާ ކަންކަން ބެލެހެއްޓުން؛
  4. ހިއުމަން ރިޒޯސަސްއާބެހޭ ތަފާސް ހިސާބުތައް ބަލަހައްޓައި ބާ ކައުންސިލުގެ އެކި ރިޕޯޓުތަކަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް ބެލެހެއްޓުން؛
  5. ކައުންސިލުން ބައިވެރިވާ/ އިންތިޒާމްކުރާ ޖަލްސާތަކާއި ދަތުރުތަކުގެ އެންމެހާ އިދާރީ އިންތިޒާމްތައް ހަމަޖެއްސުން؛
  6. އޮފީސް ހުޅުވާ ލެއްޕުމުގެ އިންތިޒާމް ހަމަޖެއްސުން؛ އަދި
  7. ރަސްމީ މަސައްކަތާއި ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި މަސައްކަތްތައް ކުރުން

މަޤާމު:

އައި.ޓީ އޮފިސަރ

ބޭނުންވާ ޢަދަދު:

1 (އެކެއް)

މުއްދަތު:

1 އަހަރު (މަސައްކަތުގެ ފެންވަރަށް ބަލައި މުއްދަތު އިތުރުކުރެވިދާނެއެވެ.)

ވަޒީފާ އަދާ ކުރަންޖެހޭ ތަން:

ދިވެހިރާއްޖޭގެ ބާ ކައުންސިލް

ވަޒީފާގެ ދާއިރާ

އިންފޮމޭޝަން ޓެކްނޮލޮޖީ

މުސާރައާއި އިނާޔަތް:

(ބޭސިކް ޓޭކް-ހޯމް ޕޭ)

 -/13،155 ރުފިޔާ

މަޤާމުގެ ހައިޘިއްޔަތުން ލިބޭ މުސާރައާއި ޢިނާޔަތްތައް:

މި އެލަވަންސްތަކުގެ އިތުރުން، އިތުރުގަޑީގައި މަސައްކަތްކުރާނަމަ ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، މަސައްކަތާއި ގުޅޭގޮތުން ދެވޭ އެހެނިހެން އެލަވެންސް، ރަމަޟާން އެލަވަންސް އަދި ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ލިބޭނެއެވެ.

އަސާސީ ޝަރުޠުތައް:

- ދިވެހި ރައްޔިތެއް ކަމުގައިވުން؛

- މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ  ލެވެލް 7 ނުވަތަ 8 ގެ ބެޗްލާރސް ޑިގްރީއެއް ނުވަތަ ބެޗްލާރސް އޮނަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ  ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް އޮތުމާއެކު އައި.ޓީ ދާއިރާގައި މަސައްކަތްކުރާތާ 5 އަހަރުވެފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތައް:

  1. ޓެލެފޯން ނެޓްވޯކާއި އިންޓަރނެޓްގެ ކަންކަން ބެލެހެއްޓުން؛
  2. އޮފީހުގެ ސާވަރ އާއި ނެޓްވޯކް ރައްކާތެރިކަމާއެކު ބަލަހައްޓައި ދިމާވާ މައްސަލަތައް ހައްލުކުރުން؛
  3. އޮފީހުގެ ކޮމްޕިއުޓަރ ސިސްޓަމްތައް އަޕްގްރޭޑްކޮށް މަރާމާތުކޮށް ބެލެހެއްޓުން؛
  4. މުވައްޒަފުންނަށް ހަދަންޖެހޭ އީމެއިލް، ލޮގިން، އެކައުންޓްތައް ފަދަ އެއްޗެހި ހެދުމާއި، އެކްސެސް ދޭންޖެހޭ ފޯލްޑަރތަކަށް އެކްސެސްދިނުމާއި، ކަނޑައެޅިފައިވާ އުސޫލަކުން ވަކިވާ މުވައްޒަފުންގެ އެކައުންޓްތައް ޑީއެކްޓިވޭޓް ކުރުމާއި، އެކްސެސް ކަނޑާލުން؛
  5. ކޮމްޕިއުޓަރ ސިސްޓަމްތަކާއި އޮފީހުގެ ހުރިހާ އައިޓީ ސާމާނަށް ދިމާވާ ސޮފްޓްވެއަރ އަދި ހާޑްވެއަރ މައްސަލަތައް ޙައްލުކުރުން؛
  6. މުވާޞަލާތީ ޚިދުމަތަށް ދިމާވާ މައްސަލަތައް ހައްލުކުރުމާއި ތަރައްޤީކުރުމަށް މަސައްކަތް ކުރުން؛
  7. އޮފީހުގެ މަސައްކަތްތަކާއި ގުޅުންހުރި ސޮފްޓްވެއަރތަކާއި،  އީ–ސަރވިސްތައް ތަޢާރަފްކޮށް ތަރައްޤީކުރުމަށް އެހީތެރިވެދިނުން؛
  8. ކޮމްޕިއުޓަރ ޔޫސޭޖްއަށް ދިމާވާ މައްސަލަތައް ބަލައި އެކަންކަން ހައްލުކުރުން؛
  9. އައި.ޓީގެ ވަސީލަތްތަކަށް މުވައްޒަފުން ހޭލުންތެރިކުރުމާއި އޮފީހަށް ހޯދާ އައި.ޓީ އަދި އެހެނިހެން ވަސީލަތްތަކަށް މުވައްޒަފުން ތަމްރީނު ކުރުވުން؛
  10. ކޮމްޕިއުޓަރ ޕްރޮގްރާމްތައް ރަނގަޅުކުރުމާއި ދުވަހުން ދުވަހަށް އަޕްޑޭޓް ކުރުމަށް ބޭނުންވާ ހުރިހާ ކަމެއް ކުރުމާއި އަދި އެ އަންނަ ބަދަލުތައް ޔޫސަރއަށް އަންގައިދިނުން؛
  11. ބެކްއަޕް، ޑޭޓާ ޝެއަރިންގ އަދި ޑިޒާސްޓަރ ރިކަވަރީ ޕްރޮސީޖަރ ބެލެހެއްޓުން؛
  12. އޮފީސް އީމެއިލްގެ އެންމެހާ ކަންކަން ބެލެހެއްޓުން؛
  13. އޮފީހުން ބާއްވާ އިވެންޓުތަކުގެ ފޮޓޯ ނެގުމާއި ނެގޭ ފޮޓޯތަކާއި ވީޑިއޯތައް އާކައިވްކޮށް ބެލެހެއްޓުމުގެ އެންމެހާ ކަންކަންކުރުން؛
  14. އިވެންޓްތަކަށް ބޭނުންވާ ވީޑިއޯ ރިޕޯޓްތައް ތައްޔާރުކުރުން؛
  15. އިވެންޓްތަކަށް އައުޓްސޯސް ކުރެވޭ ވިޑިއޯގްރަފީ ގެ އެންމެހާ ކަންކަން ބެލެހެއްޓުން؛
  16. އޮފީހުގެ މަސައްކަތްތަކަށް ބޭނުންވާ (ހިއުމަން ރިސޯސް، އެންޓްރީ، އެކައުންޓްސް..) ސޮފްޓްވެއަރ ޑިވެލޮޕްކުރުމަށް ޓީ.އޯ.އާރް ތައްޔާރުކުރުން؛ އަދި
  17. އޮފީހުގެ މަސައްކަތްތަކަށް ބޭނުންވާ (ހިއުމަން ރިސޯސް، އެންޓްރީ، އެކައުންޓްސް..) ސޮފްޓްވެއަރ ޑިވެލޮޕްކުރުމަށް ޓީ.އޯ.އާރް ތައްޔާރުކުރުން.

މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި:

  1. ބާ ކައުންސިލްގެ ވަޒީފާއަށް އެދޭ ފޯމު.
  2. މަޤާމަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  3. މުއްދަތު ހަމަނުވާ އައި.ޑީ ކާޑުގެ ކޮޕީ.
  4. އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ އަދި ތަމްރީން ސެޓްފިކެޓްތަކުގެ ކޮޕީ.
  5. ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެވަޒީފާ އަދާކޮށްފައިވާ ތަންތަނާއި، އަދާކުރި ވަޒީފާތައް (މަޤާމުގެ ނަމާއި، ރޭންކް، ނުވަތަ ކްލެސިފިކޭޝަން) އެނގޭ ގޮތަށް، އަދި އެ ވަޒީފާތައް އަދާކުރި މުއްދަތާއި، އެވަޒީފާތަކުގެ މައިގަނޑު މަސްއޫލިއްޔަތުތައް ބަޔާންކޮށްފައިވާ އެ އޮފީހެއްގެ ލިޔުން.
  6. މަޤާމަށް ކުރިމަތިލައްވާ ފަރާތުގެ މަސައްކަތްތަކާމެދު ދެކޭ ގޮތުގެ މައުލޫމާތު ހޯދުމަށް، އެމީހަކު އެންމެ ފަހުން ސުޕަވައިޒްކުރި 2 ރެފްރީއެއްގެ ނަމާއި، ހައިސިއްޔަތު އެނގޭނެ ގޮތަށް އެބޭފުޅުންގެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެސް (ސުޕްވައިޒަރަކީ މަދުވެގެން 1 އަހަރަށްވުރެ ކުރުނޫން މުއްދަތެއްގައި ސުޕަވައިޒްކޮށްފައިވާ ފަރާތަކަށް ވާންވާނެއެވެ.)
  7. ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި އެމީހާގެ މަންމަ، ބައްޕަ، ދަރިއެއް އެއްބަނޑު އެއްބަފާ މީހެއް، އެއްބަނޑު މީހެއް ނުވަތަ އެއްބަފާ މީހެއް، އަންބެއް ނުވަތަ ފިރިއަކު ނެތުން، ނުވަތަ ބުނެވިދިޔަ މީހުންކުރެ މީހަކު ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި ހުރެ، ކުރިމަތިލާ މީހާ ހޮވިއްޖެނަމަ، އެ ހުރި މީހަކު އިސްތިއުފާ ދިނުމަށް އެއްބަސްވާ ކަމުގެ ލިޔުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ކަނޑައެޅުމުގައި ބެލޭނެ ކަންކަން

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގެ ޤާބިލުކަން ހުރި މިންވަރު ވަޒަންކުރުމުގައި ދާއިރާގެ ތަޖުރިބާ ލިބިފައިވާ މިންވަރަށާއި، މަސައްކަތުގެ ފެންވަރަށާއި، އަދި ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

 އިތުރު މަޢުލޫމާތު

- މިމަޤާމަށް ކުރިމަތިލާންވާނީ، ކުރިން މަސައްކަތް ކޮށްފައިވާ އޮފީސްތަކުންނާއި، އަދި މިހާރުވެސް މަސައްކަތް ކުރާ އޮފީހަކުން އެމީހެއްގެ މަޢުލޫމާތު (ހާޒިރީ ރިޕޯޓް، އިސްލާޙީ ފިޔަވަޅު، ޕާރފޯމެންސް އެޕްރެއިޒަލް) ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން ސާފުކުރަން ބޭނުންވެއްޖެ ހިނދެއްގައި އެ މަޢުލޫމާތާއި އެމީހަކާ ގުޅޭ ގޮތުން ކުށާއި ދަރަނީގެ ރެކޯޑް ކަމާބެހޭ އިދާރާތައް މެދުވެރިކޮށް ސާފުކުރުމަށް އިޢުތިރާޒު ނުކުރާނަމައެވެ.

- މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ސްކްރީންކުރުމުގެ މަރުޙަލާ (ޓެސްޓު/ އިންޓަވިޔު/ ޕްރެޒެންޓޭޝަން)އަށް ދަޢުވަތުދެވޭނީ ހަމައެކަނި ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ. 

- މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުން ޓެސްޓެއް ހަދަންޖެހޭނަމަ ނުވަތަ ޕްރެޒެންޓޭޝަނެއް ހުށަހަޅަންޖެހޭނަމަ، އެކަމާ ގުޅޭ މަޢުލޫމާތު ޝޯޓްލިސްޓްވާ ފަރާތްތަކަށް އީ-މެއިލް މެދުވެރިކޮށް އަންގާނެއެވެ.

- ސްކްރީން ކުރުމުގެ މަރުޙަލާގައި ޝަރުޠު ހަމަވާކަމަށް ކަނޑައަޅާ ފަރާތްތަކުގެ ތެރެއިން، މިމަޤާމަށް މީހަކު ހޮވުމުގެ ކްރައިޓީރިއާގައި ހިމެނޭ އެއްވެސް މަރުޙަލާއެއް ފުރިހަމަ ނުކުރާ ފަރާތްތައް، އެ މަރުޙަލާއެއް ފުރިހަމަ ނުކުރި ހިސާބުން އެ މަޤާމަށް އައުމުގެ ފުރުޞަތު ގެއްލޭނެއެވެ.

- މި މަޤާމަށް ހޮވޭ ފަރާތްތަކުން 3 މަސް ދުވަހުގެ ޕްރޮބޭޝަން މުއްދަތު ފުރިހަމަ ކުރަންވާނެއެވެ.

ސުންގަޑި:

26 އޮގަސްޓް 2024 ވާ ހޯމަ ދުވަހުގެ 12:00 ކުރިން

މަޤާމަށް އެދެންވީ ގޮތް:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ ތިރީގައިވާ ބާ ކައުންސިލްގެ އީމެއިލް އެޑްރެހަށެވެ.

[email protected]

އީމެއިލް ކުރައްވާއިރު، ހުރިހާ ލިޔެކިޔުމެއް ހުންނަންވާނީ 1 ޑޮކިއުމެންޓެއް ގޮތުގައި ޕީ.ޑީ.އެފް ކުރެވިފައެވެ.

15 އޮގަސްޓް 2024