ދިވެހިރާއްޖެ
މިކައުންސިލުން ތަރައްޤީކުރަމުންދާ މ.ކޮޅުފުށީ ކުޑަކުދިންގެ ޕާކުގައި ޖެހުމަށް ޕޭވްމަންޓް ގާ ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް މިކައުންސިލުން ބޭނުންވެއެވެ. ވީމާ މިމަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ދިނުން 20 އޮގަސްޓް 2024 ވާ އަންގާރަ ދުވަހުގެ 11:00 ގައި މިކައުންސިލްގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ. އަދި މީގެ އިތުރުން އޮންލައިންކޮށް މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން، 20 އޮގަސްޓް 2024 ވަނަ ދުވަހުގެ 11:00 ގެ ކުރިން މަޢުލޫމާތު ސާފުކުރައްވާ ކުންފުނި / ވިޔަފާރީގެ ނަމާއި،ގުޅޭނެ ނަންބަރު އަދި އީ-މެއިލް އެޑްރެސް ބަޔާންކޮށް [email protected] އަށް އީ-މެއިލް ކުރެއްވުމުން މި މަސައްކަތާގުޅޭ މަޢުލޫމާތާއި އަންދާސީ ހިސާބު ހުށަހަޅާ ފޯމް އެފަރާތަކަށް 20 އޮގަސްޓް 2024 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން އީ-މެއިލް މެދުވެރިކޮށް ފޯރުކޮށްދެވޭނެއެވެ.
މި މަސައްކަތުގެ އަންދާސީ ހިސާބު ބަލައިގަތުމާއި، އަންދާސީ ހިސާބުތައް ހުޅުވުން އޮންނާނީ 25 އޮގަސްޓް 2024 ވާ އާދިއްތަ ދުވަހުގެ 11:00 ގައި މިކައުންސިލުގެ ޖަލްސާކުރާ މާލަމުގައެވެ. އަންދާސީ ހިސާބުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ.
މިމަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މައުލޫމާތު ސާފުކުރެއްވުމަށް އަދި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވިޔަފާރީގެ ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވައި މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.