މުބާރާތް
ނަންބަރު: (IUL)225-ATSS/225/2024/55
ޕަބްލިޝްކުރި ތާރީޚް: 15 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 14:50
ސުންގަޑި: 22 އޮގަސްޓް 2024 12:00
ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިލައުތުރު ފުޓްސަލް މުބާރާތް-2024

"ތިލައުތުރު ފުޓްސަލް މުބާރާތް-2024" ބައިވެރިވުމާ ގުޅޭ

މި އަތޮޅުގެ ރަށްރަށަށް އަމާޒުކޮށްގެން "ތިލައުތުރު ފުޓްސަލް މުބާރާތް - 2024" ނަމުގައި ފުޓްސަލް މުބާރާތެއް މި ކައުންސިލާއި ކެލާ ކައުންސިލާ ގުޅިގެން  ކެލާގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތުގައި ކޮންމެ ރަށަކުންވެސް ބައިވެރި ވެވޭނީ، އެރަށެއް ތަމްޘީލުކުރާ އެއް ޓީމަށެވެ. މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ނަޞްރުގެ ދުވަސް ކަމުގައިވާ 2024 ނޮވެންބަރު 03 ވާ އާދިއްތަ ދުވަހުއެވެ. 

މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމްތަކުން، މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު މި ކައުންސިލްގެ ރަސްމީ އީމެއިލް [email protected] އަށް 2024 އޮގަސްޓު 22  ވާ ބުރާސްފަތި ދުވަހުގެ 12:00 ކުރިން މެއިލް ކުރެއްވުން އެދެމެވެ. 

 އަދި ޓީމްގައި ހިމެނޭ ކުޅުންތެރިން ރަށު ކައުންސިލް އިދާރާއިން ވެރިފައި ކުރުމަށްފަހު، ކުޅުންތެރިންގެ ލިސްޓު 2024 އޮކްޓޫބަރު 17  ވާ ބުރާސްފަތި ދުވަހުގެ 12:00 ގެކުރިން ދީފައިވާ ފޯމެޓާ އެއްގޮތަށް މަތީގައި ދެންނެވިފައިވާ އީ-މެއިލަށް ނުވަތަ މި ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

15 އޮގަސްޓް 2024