ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ބަނދަރު ސަރަހައްދުން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިންތައް ބިޑް އުޞޫލުން ކުއްޔަށް ދޫކުރުން
މިރަށުގެ ބަނދަރު ސަރަހައްދުން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކުގެ ތެރެއިން ބަނދަރު މޫނުމައްޗައް ވާގޮތަށް (އާއްމު ވިޔަފާރި / ފިހާރަ) ހެދުމަށް އޮތް 3 ބިމާއި، (ކެފޭ / ރެސްޓޯރެންޓް) ހެދުމަށް އޮތް 1 ބިމާއި އަދި މިހާރު ދޫކޮށްފައިވާ ތެޔޮ ގުދަނުގެ ދެކުނުން އޮތް ބިން ތެޔޮ ގުދަން ހެދުމަށް އަދި ފެރީޓަރމިނަލް އެޅުމަށް ހަމަޖެހިފައިވާ ސަރަހައްދު ކައިރިން '15×'15 ބިމެއް ޕެޓްރޯލް ސެޑެއް ހެދުމަށް ބީލަމުގެ އުޞޫލުން ކުއްޔަށް ދޫކުރުމަށްވަނީ ނިންމާފައެވެ. ޕެޓްރޯލް ސެޑް ހެދުމަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިން ދޫކުރެވޭނީ ތެޔޮބިން ނަގާ ފަރާތަކަށެވެ.
ބަނދަރުގެ މޫނުމައްޗަށްވާ ގޮތަށް އާއްމު ވިޔަފާރި / ފިހާރަ ހެދުމަށް ހުރި ބިންތައް (ބިން ނަންބަރު: 1، 3، 4.1) އަދި ކެފޭ / ރެސްޓޯރެންޓް ހެދުމަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިން (ބިން ނަންބަރު: 5) ދޫކުރުމަށް ހަމަޖެހިފައިވަނީ އެންމެ ކުޑަވެގެން އަކަފޫޓަކަށް މަހަކު 60.ލ (ފަސްދޮޅަސް ލާރި) ގެ ރޭޓުން 10 އަހަރުގެ މުއްދަތަށެވެ. އަދި އެތެރޭ ބިންތަކުގެ ކުލި (ބިން ނަންބަރު: 2، 4) ފެށޭ އަގަކީ އަކަފޫޓަކަށް 40.ލ (ސާޅީސް ލާރި) އެވެ.
ވީމާ، ބަނދަރު ސަރަހައްދުން ބިން ކުއްޔަށް ހިފުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.މިބީލަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް މަޢުލޫމާތު ކަރުދާހުގައި ބަޔާންކުރެވިފައިވާނެއެވެ.
މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2024 އޮގަސްޓް 18 އިން 2024 އޮގަސްޓް 26 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ. ނަންނޯޓް ނުކުރާ ފަރާތަކަށް ބީލަމުގައި ބައިވެރިއެއްނުވެވޭނެއެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2024 އޮގަސްޓް 27 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- މިބީލަމާއި ބެހޭ ހުރިހާ މަޢުލޫމާތެއް މިއިޢުލާނާއެކު ގެޒެޓް ކުރެވިފައިވާތީ، މަޢުލޫމަތު ދިނުމަށް އިތުރު ބައްދަލުވުމެއް ނޯންނާނެއެވެ.
- ބިޑް ހުށަހެޅުން އަދި ބިޑް ހުޅުވުން އޮންނާނީ 2024 ސެޕްޓެންބަރު 02 ވާ ހޯމަ ދުވަހުގެ 11:00 ގައި ރަސްމާދޫ ކައުންސިލް އިދާރާގައެވެ.
- މިޕްރޮޖެކްޓާގުޅޭ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
- ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޕްރޮކިއުމަންޓް ސެކްޝަން
ރަސްމާދޫ ކައުންސިލް އިދާރާ
ރ.ރަސްމާދޫ، ދިވެހިރާއްޖެ.
ފޯން: 6580049
އީ-މެއިލް: [email protected]