ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)322/322/2024/118
ޕަބްލިޝްކުރި ތާރީޚް: 15 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 14:10
ސުންގަޑި: 08 ސެޕްޓެންބަރު 2024 14:00
މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަތަމާގޭ ރުކުގެ ބަދަލު ހަމަޖެއްސުމާއި ގުޅޭ

މިރަށު އާރއޯ ޕްލާންޓްގެ ހުޅަނގު ހޭޅީގައި ހުރި އަތަމާގޭގެ 2 ރުކާއި، ދެކުނުގައި ހުރި އަތަމާގޭގެ 1 ރުކުގެ ސަބަބުން އާރއޯ ޕްލާންޓަށް ދަތިވާތީ އެރުތައް ނައްތާލުމަށްޓަކައި އެރުއްތަކަށް ބަދަލު ދިނުމުގެ ކަންތައް ކުރިއަށް ގެންދާން ބޭނުންވެއެވެ. ވީމާ މިރުއްތަކުގެ ވެރިއަކު ވާނަމަ 08 ސެޕްޓެމްބަރ 2024 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެކުރިން މިއިދާރާއަށް ދުރުވެ ބަޔާން ދިނުމުގެ ކަންތައް ކުރިއަށް ގެންދިއުމަށް އަންގަމެވެ.

އަދި މިމުއްދަތުގައި ޙާޟިރު ނުވެއްޖެނަމަ ކައުންސިލަށް ފެންނަގޮތަކަށް މިރުއްތައް ނައްތާލެވޭނެ ކަންވެސް އަންގަމެވެ.

ރަށުގެ މަގުމަގަށް އަރާ ރައްޔިތުންގެ ރުއްގަހާއި، ކައުންސިލްގެ ބޭނުމަށް ނަގާ ގޯތިގޯތީގައި ހުންނަ ރައްޔިތުންގެ ރުއްގަހުގެ ވެރިން ބަޔާންދިނުމަށާއި ރުއްގަހުގެ ބަދަލުގެ ކަންކަން ހަމަޖެއްސުމަށް ކައުންސިލަށް ދުރުވުމަކީ ރުއްގަހުގެ ވެރިފަރާތުގެ ޒިންމާއެއްކަމުގައި މިއިދާރާގެ 04 ވަނަ ދައުރުގެ 56 ވަނަ ޖަލްސާއިންވަނީ ނިންމާފައެވެ.

މިހެންވެމިކަން ޢާއްމުކޮށް އެންގީމެވެ.

15 އޮގަސްޓް 2024