ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު:
މުލީ މަސްޖިދުލް މުސާވާތުގެ ގޯތިތެރޭގައި ހެދުމަށް ހަމަޖެހިފައިވާ މުންނާރު އަމިއްލަ ތަކެތީގައި ހަދައިދޭނެ ފަރާތެއް ހޯދުމަށް ވަނީ ބޭނުންވެފައެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 07 ޖޫން 2015 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 11 ޖޫން 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި އިދާރާއަށް ބީލަން ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމުގައާއި އަންދާސީހިސާބު ހުށަހެޅުއްވުމުގައި ހާޒިރުވާ ފަރާތްތަކުގެ އައި.ޑީ.ކާޑުގެ އަސްލު ހިއްޕަވައިގެން ވަޑައިގެންދެއްވުމަށް ދަންނަވަމެވެ. އަދި ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ އެފަރާތުން އައްޔަންކުރިކަމުގެ ލިޔުމެއް ގެންނަވަންވާނެއެވެ. އަންދާސީހިސާބު ހުށަހަޅުއްވަނީ ރަޖިސްޓަރީ ކޮމްޕެނީއެއްގެ ނަމުގައިނަމަ ރަޖިސްޓަރީގެ ކޮޕީއެއް މިއިދާރާއަށް ހުށަހަޅުއްވަންވާނެއެވެ.
މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަންނާނެވާހަކަވެސް ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން މިކައުންސިލްގެ ނަންބަރު 6720508 އަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
މީގެ ކުރިން މިކަމަށް ކުރި އިޢުލާނަށް އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅުއްވާފައިނުވާތީ މީގެ ކުރިންކޮށްފައިވާ ނަންބަރު 365/2015/31 ( 30 އެޕްރީލް 2015 ) އިޢުލާން ވަނީ ބާޠިލު ކުރެވިފައެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
09 ޝަޢުބާން 1436