ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)304-MS/304/2024/174
ޕަބްލިޝްކުރި ތާރީޚް: 15 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 13:13
މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވިއްސާރަވުމުގެ ސަބަބުން ޗަސްބިން އަދި ފެންބޮޑުވާ މަގުތަކަށް ވެލިއެޅުމާއި ގުޅޭ

އިޢުލާން

 

             ވިއްސާރަވުމުގެ ސަބަބުން ޗަސްބިން އަދި ފެން ބޮޑުވާ މަގުތަކަށް ވެލިއެޅުމުގެ މަސައްކަތް މިއަދު ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ. ވެލި އެޅުމަށް ހަމަޖެހިގައިވަނީ ކޮންމެ ދުވަހަކުވެސް 4 (ހަތެރެއް) މަގަކަށެވެ. އަދި މޫސުން ގޯސްވެއްޖެނަމަ، އެމަސައްކަތް ކުރިއަށް ގެންދިއުން ވަގުތީ ގޮތުން ހުއްޓާލާނެ ވާހަކަ ވެސް ދަންނަވަމެވެ.

 

             ވެލިއެޅުމުގެ މަސައްކަތް ކުރިއަށްދާއިރު، މަގުތައް ބޭނުންކުރައްވާ އެންމެހާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށްޓަކައި މި ކައުންސިލްގެ ފަރާތުން ނިހާޔަތަށް މަޢާފަށް އެދެމެވެ. އަދި މި ފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން މި ކައުންސިލަށް އަބަދު ވެސް ދެއްވާ އެހީތެރިކަމަށާއި، އެއްބާރުލެއްވުމަށް ނިހާޔަތަށް ޝުކުރު ދަންނަވަމެވެ.

              ވީމާ ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.             

                  11 ޞަފަރު      1446 

                  15 އޮގަސްޓް     2024 

 

 

 

15 އޮގަސްޓް 2024