ދިވެހިރާއްޖެ
މުނިސިޕަލް މަސައްކަތު މީހުން ހޯދުމާބެހޭ
މަޤާމް: މުނިސިޕަލް މަސައްކަތު (ވޭޖް އެމްޕްލޯއިމަންޓް)
ބޭނުންވާ އަދަދު: 10
ވަޒީފާއޮތް އޮފީސް: އދ.ކުނބުރުދޫ ކައުންސިލްގެ އިދާރާ
މަޤާމްގެ ގިންތި (މުއްދަތު): ވަގުތީ (މީލާދީ 1 އަހަރު)
ވަޒީފާއަދާކުރާ ސެކްޝަނާއި ތަން: އދ. ކުނބުރުދޫ ކައުންސިލްގެ އިދާރާ
މުސާރަ: މަސައްކަތް ކުރާ ގަޑިއަކަށް -/40 ރުފިޔާ
މަސައްކަތު ނުކުތުމަށް ހަމަޖެހިފައިވާ ގޮތް: ހަފްތާއަކު ގިނަވެގެން 15 ގަޑީރު
މަޤާމްގެ ޝަރުތު:
- ލިޔަން ކިޔަން އެނގުން
- ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފުރިހަމަ ސިއްހަތެއްގައިހުރި މީހަކަށްވުން
މަޤާމުގެމައިގަނޑު މަސްއޫލިއްޔަތު:
1. ކައުންސިލުން އަންގާގޮތެއްގެ މަތިން އިޖްތިމާއީ ސަރަހައްދު ސާފްކޮށް ބެލެހެއްޓުން
2. ކައުންސިލުން އަންގާގޮތެއްގެ މަތިން ކުނިގޮނޑު ސާފްކޮށް ބެލެހެއްޓުން
3. ކައުންސިލުން އަންގާގޮތެއްގެ މަތިން ކުޅިވަރު ކުޅޭ ބިންތައް ސާފްކޮށް ބެލެހެއްޓުން
4. ކައުންސިލުން ހަވާލުކުރާ އެކިއެކި މަސައްކަތްތަކުގައި ބައިވެރިވުން
ހުށަހަޅަންޖެހޭ ލިޔުންތައް:
1. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ،
2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑްގެ ދެފުށުގެ ލިޔުންތައް ފެންނަ ސާފް ކޮޕީ،
3. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯންނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތައް)
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެކަންތައްތައް:
| 
 އަސާސީ ޝަރުތު ހަމަވުން  | 
 50%  | 
| 
 އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ ތައުލީމް  | 
 5%  | 
| 
 އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ  | 
 5%  | 
| 
 އިންޓަރވިއު  | 
 40%  | 
މަޤާމަށް އެދެންވީގޮތާއި ސުންގަނޑި:
މަޤާމަށް އެދި ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހަޅާނީ 2024 އޯގަސްޓް 22 ވަނަ ދުވަހުގެ 13:00 ގެ ކުރިން އދ. ކުނބުރުދޫ ކައުންސިލްގެ އިދާރާ އަށެވެ.
އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 24 އޯގަސްޓް 2024 އާއި 29 އޯގަސްޓް 2024 އާ ދެމެދު އދ. ކުނބުރުދޫ ކައުންސިލްގެ އިދާރާގަ އެވެ.
މި އިއުލާނާއި ގުޅިގެން މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6680053 ނަންބަރު ފޯނާ އެވެ.
ވީމާ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.