ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)312-MS/312/2024/48
ޕަބްލިޝްކުރި ތާރީޚް: 15 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 12:13
ސުންގަޑި: 21 އޮގަސްޓް 2024 02:00
މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ.ކިނޮޅަހު ބަނދަރު ސަރަހައްދުގައި ގުދަން ހެދުމަށް ބިންސާފުކުރުން

މިރަށު ބަނދަރު ސަރަހައްދުން ގުދަން ހެދުމަށް ކުއްޔަށް ދޫކުރާ ބިންތަކުގައި ހުރި ރުއްގަސް ނެގުމާއި ގުޅޭ

 

                  މިރަށުގެ ބަނދަރު ސަރަހައްދުން ގުދަން ހެދުމަށް ކުއްޔަށް ދޫކުރާ ބިންތަކުގައި (ކޮފީޓޯކް ބިމާ އިންވެގެން ދެކުނަށް) ހުރި ރުއްގަހުގެ ވެރިފަރާތް ހޯދަން ބޭނުންވާތީ އެބިމުގައި ވާ ރުއްގަހުގައި މިކައުންސިލުން  "1 އިން 43 މިގޮތަށް ވާނީ ހުދު ކުލައިގެ ދަވާދުން ނަންބަރު ޖަހާފައެވެ. 

                     ވީމާ މިނަންބަރުތައްޖަހާފައިވާ ރުއްގަހުގެ ވެރިން އެރުއްގަހުގައި މިކައުންސިލުން ޖަހާފައިވާ ނަންބަރާއެކު 2024 އޮގަސްޓް 21 ވާ ބުދަ ދުވަހުގެ އޮފީސް ބަންދުމުމުގެ ކުރިން މި ކައުންސިލް އިދާރާއަށް ދުރުވެ ރުއްގަހުގެ މަޢުލޫމާތު ދެއްވުން އެދެމެވެ. ރުއްގަހުގެ މައުލޫމާތު ފޯރުކޮށްދެއްވާއިރު ރުއްގަހުގެ މިލްކު ސާބިތު ކުރިކަމުގެ ލިޔުން ހުށައެޅުމަށް ދަންނަވަމެވެ. މިފަދަ ކަންކަމުގައި ރަށުގެ ރައްޔިތުންގެ ފަރާތުން ކައުންސިލަށް ލިބެމުންދާ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް މިފުރުޞަތުގައި ޝުކުރުދަންނަވަމެވެ.   

                     މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

15 އޮގަސްޓް 2024