ބީލަން
ނަންބަރު: (IUL)282/282/2024/31
ޕަބްލިޝްކުރި ތާރީޚް: 14 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 12:12
ސުންގަޑި: 22 އޮގަސްޓް 2024 13:00
މިލަދުންމަޑުލު އުތުރުބުރީ މާއުނގޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބީލަން ހުށައެޅުމުގެ ދަޢުވަތު

  1. މިއިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް ގައުމީ ދުވަހުގެ ޖާފަތް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
  2. މިބީލަމުގައި ބައިވެރިވެލެއްވުމަށް އެދޭ ފަރާތްތަކުން، ބީލަމުގައި ރަޖިސްޓްރީވުމަށް މިއިދާރާއިން ދޫކުރާ "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" 18 އޮގަސްޓް 2024 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން ފުރިހަމަކުރެއްވުމަށް ފަހު މިއިދާރާއަށް ހުށައެޅުމުން ރަޖިސްޓްރީކޮށް ދެވޭނެއެވެ. ބީލަމުގައި ރަޖިސްޓްރީވިކަމަށް ޔަޤީންކުރަންވާނީ ރަޖިސްޓްރީވިކަމުގެ ސްލިޕް ލިބިލެއްވުމުންނެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ބީލަމުގައި ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް އެކަންޏެވެ.
  3. މި ބީލަމުގައި ރަޖިސްޓްރީކުރައްވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ބޭއްވޭ ބައްދަލުވުން އޮންނާނީ 19 އޮގަސްޓް 2024 ވާ ހޯމަ ދުވަހުގެ 13:00 ގައި މާއުނގޫދޫ ކައުންސިލް އިދާރާގައެވެ.
  4. ބީލަން ބަލައިގަތުން އަދި ހުޅުވުން އޮންނާނީ 22 އޮގަސްޓް 2024 ވާ ބުދަ ދުވަހުގެ 13:00 ގައި މިއިދާރާގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި، އިޢުލާން/ޕްރޮޖެކްޓް ނަންބަރާއި، ކޮންކަމަކަށް ހުށަހެޅޭ އަންދާސީ ހިސާބެއްކަން ލިޔެވިފައި އޮންނަންވާނެއެވެ.
  5. ހުށަހަޅާ އަންދާސީ ހިސާބުތައް ވަޒަންކުރާނޭ މިންގަނޑާއި ބީލަމާއެކު ހުށަހަޅަންޖެހޭ ތަކެތީގެ ތަފްޞީލު ބީލަމާ ގުޅޭ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ.
  6. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މިލަދުންމަޑުލުއުތުރުބުރީ މާއުނގޫދޫ ކައުންސިލުގެ އިދާރާ

ކަރަންކާމަގު، ށ.މާއުނގޫދޫ، ދިވެހިރާއްޖެ.
ފޯން:  6540056

އީމެއިލް:  [email protected]     

14 އޮގަސްޓް 2024