ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)120-A/120/2024/14
ޕަބްލިޝްކުރި ތާރީޚް: 15 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 12:12
ސުންގަޑި: 29 އޮގަސްޓް 2024 12:00
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
2024 ވަނަ އަހަރުގެ މެއި/ޖޫން މަހު ބޭއްވި ކެމްބްރިޖް އައި.ޖީ.ސީ.އެސް.އީ އާއި އެސް.އެސް.ސީ އިމްތިޙާނުގެ ނަތީޖާ )ޕްރޮވިޝަނަލް ރިޒަލްޓްސް( ދޫކުރުމާއި ރީޗެކް ކުރުމާއި ބެހޭ:

2024 ވަނަ އަހަރުގެ މެއި/ޖޫން މަހު ބޭއްވި ކެމްބްރިޖް އައި.ޖީ.ސީ.އެސް.އީ އާއި އެސް.އެސް.ސީ އިމްތިޙާނުގެ ނަތީޖާ (ޕްރޮވިޝަނަލް ރިޒަލްޓްސް) ދޫކުރުން 2024 އޮގަސްޓް 13 ވަނަ ދުވަހުން ފެށިގެން ސެންޓަރުތަކުން ކުރިއަށް ގެންދާނެއެވެ. މި ޑިޕާޓްމަންޓް މެދުވެރިކޮށް އަމިއްލަގޮތުން އިމްތިޙާނު ހެދި ކެންޑިޑޭޓުންގެ ނަތީޖާ ދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:30 އިން 13:30 އަށެވެ.

މިޑިޕާޓްމަންޓް މެދުވެރިކޮށް އަމިއްލަ ގޮތުން އިމްތިޙާނު ހެދި ކެންޑިޑޭޓުންގެ ނަތީޖާ ރީޗެކް ކުރުމަށް ބޭނުންވާނަމަ، އެކަމަށް އެދޭ ފޯމު (ސާރވިސް ރިކުއެސްޓް ފޯމު) ފުރިހަމަ ކުރުމަށްފަހު 2024 އޮގަސްޓް 29 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 1200 ގެ ކުރިން ހުށަހެޅުން އެދެމެވެ. ސާރވިސް ރިކުއެސްޓް ފޯމު މި ޑިޕާޓްމަންޓް ގެ ކައުންޓަރުންނާއި (ހ.އަސްރަފީވިލާ، ދެވަނަ ފަންގިފިލާ، މަޖީދީމަގު) އަދި ވެބްސައިޓް www.dpe.edu.mv  އިން ލިބެން ހުންނާނެއެވެ. އޮންލައިން ކޮށް އެޕްލިކޭޝަން ހުށަހަޅާނަމަ މެއިލް ކުރާނީ [email protected]  އަށެވެ. އަދި ފައިސާ ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ ބަނޑޭރި ޕޭ ޕޯޓަލް މެދުވެރިކޮށެވެ.

ސެންޓަރުތަކުން ބައިވެރިވި ދަރިވަރުން ރީޗެކަށް އެދި ހުށަހަޅާނީ އެދަރިވަރަކު އިމްތިޙާނުގައި ބައިވެރިވި ސެންޓަރަކަށެވެ.

ނަތީޖާ އަދި ފޯމު ދޫކުރުމާއި، ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ 8:30 އިން 13:30 އަށެވެ. ފޯމު ހުށަހަޅުއްވާ އިރު އިމްތިހާނުގެ ވަގުތީ ނަތީޖާ ސްލިޕްގެ ކޮޕީއަކާއި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ ހުށައެޅުއްވުން އެދެމެވެ.

15 އޮގަސްޓް 2024