ދިވެހިރާއްޖެ
މި ސްކޫލުގެ އެކްޓިވިޓީ ޔުނިފޯމު ފަހައިދޭނެ ފަރާތެއް ހޯދުމާބެހޭ
މި ސްކޫލުގެ ދަރިވަރުންގެ އެކްޓިވިޓީ ޔުނިފޯމު ފަހައިދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު: RS/IUL/2015/55ފ(17 މޭ 2015) އިޢުލާނާ ގުޅިގެން އެކަށީގެންވާ ވަރަށް އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، މި ސްކޫލުގެ ދަރިވަރުންގެ އެކްޓިވިޓީ ޔުނިފޯމު ފަހައިދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މި ސްކޫލުގެ ދަރިވަރުންގެ އެކްޓިވިޓީ ޔުނިފޯމު ފަހައިދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 07 ޖޫން 2015 ވާ އާދީއްތަ ދުވަހުގެ 10:00 ގައި މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލުގެ އޮފީހަށް ވަޑައިގެންނެވުމަށް ދެންނެވީމެވެ. އަދި 11 ޖޫން 2015 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް އަންދާސީހިސާބު މި ސްކޫލުގެ އޮފީހަށް ހުށަހެޅުއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3359901 ނަންބަރު ފޯނާއެވެ.
13 ޝަޢުބާން 1436