ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)383-MS&IM/383/2024/113
ޕަބްލިޝްކުރި ތާރީޚް: 15 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 11:08
ސުންގަޑި: 29 އޮގަސްޓް 2024 12:00
ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނިނެގުމުގެ ޚިދުމަތަށް ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލުން

ރަށުގައި އުފެދޭކުނި މެނޭޖްކުރުމުގެ މަސައްކަތުގެ ތެރެއިން ރަށުގައި އުފެދޭކުނި ކައުންސިލްގެ ފަރާތުން ނެގުމުގެ މަސައްކަތް ފެށުމަށް ކައުންސިލުން ބޭނުންވެއެވެ. އެގޮތުން ކުނިނެގުމުގެ ޚިދުމަތަށް ރަޖިސްޓްރީވުމަށް އެދުމުގެ ފުރުސަތު ހުޅުވާލަމެވެ.

ވީމާ، ކުނިނެގުމުގެ ޚިދުމަތަށް ރަޖިސްޓްރީވުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅާ ފޯމު ފުރިހަމަކޮށް 2024 އޮގަސްޓް 29 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާއަށް ހުށަހެޅުން އެދެމެވެ. ފޯމް ދޫކުރުމާއި ބަލައިގަތުން ހަމަޖެހިފައިވާގޮތް ތިރީގައި އެވަނީއެވެ.

ފޯމު ބަލައިގަންނަން ފަށާ ތާރީޚް:

18 އޮގަސްޓް 2024

ފޯމު ދޫކުރުމާއި / ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑި:

ރަސްމީ ކޮންމެ ދުވަހެއްގެ 9:00 ން 12:00 އަށް

ފޯމު ދޫކުރުމާއި / ބަލައިގަތުމަށް ހަމަޖެހިފައިވާ ތަން:

ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ

ފޯމު ބަލައިގަންނާނެ އެންމެ ފަހު ތާރީޚް/ގަޑި:

29 އޮގަސްޓް 2024 ، 12:00

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން 6780701   ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

15 އޮގަސްޓް 2024