ދިވެހިރާއްޖެ
މިއޮތޯރިޓީގެ ފަރާތުން ދިވެހިރާއްޖޭގެ 50 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިކުރުމަށް ބޭނުންވާ ފުޅަނދެއް މިއޮތޯރިޓީން ފޯރުކޮށްދޭ މަޢުލޫމާތާ އެއްގޮތަށް ފަރުމާކޮށް އަމިއްލަ ތަކެތީގައި ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާން ނަންބަރު: IUL)221-AF/221/2015/54) އާ ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، ކުރިން ކުރެވުނު އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 11 ޖޫން 2015 ވާ ބުރާސްފަތި ދުވަހުގެ 14:30 އަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 21 ޖޫން 2015 ވާ އާދީއްތަ ދުވަހުގެ 13:30 އަށް މިއޮތޯރިޓީއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ.
14 ޝަޢުބާން 1436