ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)341-ADMN/341/2024/31
ޕަބްލިޝްކުރި ތާރީޚް: 13 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 22:49
ސުންގަޑި:
31 އޮގަސްޓް 2024 14:00
އަރިއަތޮޅު އުތުރުބުރީ އުކުޅަހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކައުންސިލަށް ނެގޭ ފީއެއްގެ ދަށުން ރަށުގެ ވަށައިގެންވާ ހުސްބިންތައް ދެމެހެއްޓެނިވި ގޮތެއްގައި ސާފުކޮށް ބެލެހެއްޓުމަށް ހުޅުވާލުމާއި ގުޅޭ
ކައުންސިލަށް ނެގޭ ފީއެއްގެ ދަށުން ރަށުގެ ވަށައިގެންވާ ހުސްބިންތައް ދެމެހެއްޓެނިވި ގޮތެއްގައި ސާފުކޮށް ބެލެހެއްޓުމަށް ހުޅުވާލުމާއިގުޅޭ:
ކައުންސިލަށް ނެގޭ ފީއެއްގެ ދަށުން ރަށުގެ ވަށައިގެންވާ ހުސްބިންތައް ދެމެހެއްޓެނިވި ގޮތެއްގައި ސާފުކޮށް ބެލެހެއްޓުމަށް އެދި ހުށަހަޅައި ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލަމެވެ.
ބިމާއި ބެހޭ އިތުރު ތަފްޞީލު ތިރީގައި މިވަނީއެވެ.
- ދޫކުރުމަށް ހަމަޖެހިފައިވާ ބިމުގެ މަޢުލޫމާތު: ދޫކުރުމަށް ހަމަޖެހިފައިވަނީ ގަބުރުސްތާނުގެ ހުޅަނގުކަނުން ފެށިގެން ބުރިކޮށްލިމަގާއި ދޭތެރޭ، ވަށާމަގަށް ކުރިމަތިކޮށް އޮތް ހުސްބިންތައް އަދި ޕާމްޝޭޑް ގޯތިން ފެށިގެން ލިލީމާ ގޯއްޗާއި ދޭތެރޭ ވަށާމަގަށް ކުރިމަތިކޮށް އޮތް ހުސްބިންތަކެވެ.
- ދޫކުރެވޭނެ ބިމުގެ ބޮޑުމިން: ހޭޅިފަށުން ފެށިގެން ކުޑަވެގެން 20 ފޫޓު ދޫކުރުމަށްފަހު ކޮންމެ ގޯއްޗަކާއި ދިމާލުން އެ ގޯއްޗެއްގެ ބޮޑުމިނަށް ބަލައި އެ ގޯއްޗަކަށްވުރެ 75% ބޮޑު ނޫން ސައިޒެއްގެ ބިމެއް ދޫކުރެވިދާނެއެވެ. އެއް ފަރާތަކަށްވުރެ ގިނަ ފަރާތްތަކުން އެއް ގޯއްޗެއް ބޭނުން ކުރަމުންދާނަމަ ހަމަހަމަ އުސޫލެއްގެ ދަށުން ދެ ފަރާތައްވެސް ބިން ދޫކުރެވޭނެއެވެ.
- ބިން ދޫކުރާ މުއްދަތު: 1 (އެކެއް) އަހަރު
- ޕޮއިންޓް ދިނުމުގައި ޢަމަލުކުރާނެ ގޮތް:
- އަގު: %90
- ސީ.އެސް.އާރް:
- ފޯމު ހުށަހަޅަންޖެހޭ މުއްދަތު: 31 އޮގަސްޓް 2024 ގެ 14:00 ގެ ކުރިން
- ހުށަހެޅޭނެ އެންމެ ކުޑަ އަގު: އަކަފޫޓަކަށް 3 (ތިނެއް) ރުފިޔާ
- އިސްކަންދޭ ތަރުތީބު: ފުރަތަމަ އިސްކަން ދެވޭނީހޯދުމަށް އެދި ހުށަހަޅައި ބިމުގެ ކުރިމަތީގައިވާ ގޯތީގެ ވެރިފަތާތް ނުވަތަ ކުއްޔަށް ނަގައިގެންއުޅޭ ފަރަތަށެވެ. (ދެންނެވުނު ފަރާތުން ފޯމު ހުށަހަޅާފައި ނެތްނަމަ ދެން ބެލޭނީ ދޫކުރެވޭ ހުސް ބިމާއި އެންމެ ކައިރީގައިވާ ގޯތީގެ ވެރިފަރާތް ނުވަތަ ގޯތި ކުއްޔަށްނަގައިގެން އުޅޭފަރާތަށެވެ.)
- މި އިޢުލާނުގެ ދަށުން ބިން ނެގުމަށް އެދި ހުށަހެޅޭނީ އަންނަނިވި ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ.
- ކައުންސިލަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް ނެތް ފަރާތެއް ކަމުގައިވުން
- ހޯދުމަށް އެދި ހުށަހަޅައި ފަރާތަކީ ހުސް ބިންތަށް ދޫކުރުމަށް ކަނޑައެޅިފައިވާ ސަރަހައްދުގެ ކުރިމަތީގައިވާ ގޯތިތަކުގެ ވެރިފަރާތް ނުވަތަ ގޯތިކުއްޔަށްނަގައިގެން އުޅޭ ފަރާތް ކަމުގައިވުން.
ވީމާ ބިން ނަގަން ބޭނުންވާ ފަރާތްތަކުން "ސާފުކޮށް ބެލެހެއްޓުމަށް ދޫކުރާ ބިންތަކަށް އެދި ހުށަހަޅާ ފޯމް" މިއިދާރާއަށް ހުށަހެޅުމަށް ދަންނަވަމެވެ. މި ފޯމް ކައުންސިލްގެ އިދާރާއިން ލިބެންހުންނާނެއެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
13 އޮގަސްޓް 2024
13 އޮގަސްޓް 2024