ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)GS17/2024/054
ޕަބްލިޝްކުރި ތާރީޚް: 13 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 15:09
ސުންގަޑި: 18 އޮގަސްޓް 2024 14:00
ލ.އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
2024 ވަނަ އަހަރު ލ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ގްރޭޑް 11 އަށް ދަރިވަރުން ވެއްދުމުގެ ފުރުޞަތު ހުޅުވާލުން

މި ފެށޭ ދިރާސީ އާ އަހަރު ލ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ގްރޭޑް 11 އަށް ދަރިވަރުން ވެއްދުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ.

 

އެކެޑެމިކް ސްޓްރީމްތަކަށް ވަނުމުގެ ޝަރުތު:

  •  ދަރިވަރު ކިޔަވަން ބޭނުންވާ މާއްދާއިން ނުވަތަ މާއްދާތަކުން ޡާނަވީ ނިންމާ އިމްތިޙާނަކުން ދަށްވެގެން "C" ފާސް ލިބިފައިވުން.

  

ޕިއާރސަން ބީޓެކް އިންޓަރނޭޝަނަލް ލެވެލް 3 އެކްސްޓެންޑެޑް ޑިޕްލޮމާ ކޯހަށް ވަނުމުގެ ޝަރުތުތައް:

  1. ޕިއާރސަން ބީޓެކް އިންޓަރނޭޝަނަލް ލެވެލް 2ގެ ޑިޕްލޮމާ ކޯހަކުން ދަށްވެގެން “PASS” ލިބިފައިވުން. ނުވަތަ
  2. އައި.ޖީ.ސީ.އެސް.ސީ.، ޖީ.ސީ.އީ. އޯ-ލެވެލް އިމްތިޙާނާއި އެސް.އެސް.ސީ. އިމްތިޙާނުގެ ކޮންމެވެސް 4 މާއްދާއަކުން (ކޯހާއި ގުޅޭ 2 މާއްދާ ހިމެނޭގޮތަށް) ފާސްވެފައިވުން.

 

މަތީ ޘާނަވީ ތަޢުލީމުގެ މަރުޙަލާއަށް ދަރިވަރުން ވަނުމަށް އިތުރަށްބަލާ ޝަރުތުތައް:

  • ދިވެހިރާއްޖޭގެ ޤާނޫނާއި ޤަވާޢިދާ ޚިލާފުވެފައިވާ، ނުވަތަ ޝަރުޢީ މައްސަލައެއްގައި ޙުކުމެއް އިއްވާފައިވާ ކުއްޖެއްކަމުގައި ނުވުން.
  • ހިނގަމުންދާ އަހަރުގެ 31 ޑިސެމްބަރަށް 18 އަހަރު ފުރިފައި ނުވުން.
  • ކީ ސްޓޭޖް 5 ގައި ކިޔެވުމުގެ ފުރުޞަތު ދިނުމުގައި ބަލާނީ ފާއިތުވި 2 އަހަރުގެ އެސް.އެސް.ސީ، އައި.ޖީ.ސީ.އެސް.ސީ، ޖީ.ސީ.އީ އޯލެވެލް އަދި ބީޓެކް އިމްތިހާނުތަކުގެ ނަތީޖާ އަށެވެ.

 

 

މި ސްކޫލަށް ވަނުމަށް ހުށަހަޅާފައިވާ، ޝަރުތުހަމަވާ ހުރިހާ ދަރިވަރުންނަށް ސްކޫލުން ޖާގަ ދެވެން ނެތްނަމަ، ފުރުސަތު ދެވޭނީ ސްކޫލުގައި ޖާގަ އޮތް މިންވަރަކަށް ބަލައި، ހުށަހަޅާފައިވާ ދަރިވަރުންގެ ތެރެއިން ނަތީޖާ އެންމެ ރަނގަޅު ދަރިވަރުންނަށެވެ.

 

2024ދިރާސީ އަހަރަށް ލ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ގްރޭޑް 11އަށް ކުދިން ވެއްދުމަށް އެދޭ އެޕްލިކޭޝަން ފޯމް ލިންކު މެދުވެރިކޮށް ފުރުން އެދެމެވެ.

 https://forms.gle/DTSQknmnEqtvbWa56

ފޯމާއި އެކު ހުށަހަޅަންޖެހޭ ތަކެތި:

  • ޖީ.ސީ.އީ، އައި.ޖީ.ސީ.އެސް.އީ ، އެސް.އެސް.ސީ އަދި ޕިއާރސަން ބީޓެކް އިންޓަރނޭޝަނަލް ލެވެލް 2ގެ ޑިޕްލޮމާ ކޯހުގެ ނަތީޖާގެ ކޮޕީ
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ޕާސްޕޯޓް ސައިޒް ފޮޓޯ (ފޯމާއެކު ހުށަހަޅާ ފޮޓޯގެ އިތުރުން ފޮޓޯގެ ސޮފްޓް ކޮޕީއެއް "[email protected]" އަށް މެއިލް މެދުވެރިކޮށް ހުށަހަޅަން ވާނެއެވެ. 

ފޯމް ބަލައިގަތުން:

 ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން 13:00 އަށް ސްކޫލް އޮފީހުން ފޯމް ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވާނެވެ.

 

އޮންލައިންކޮށް ފޯރމް ހުށަހަޅަން އެދިލައްވާނަމަ، ސްކޫލުގެ ރަސްމީ ފޭސްބުކް ޕޭޖުގައިވާ ލިންކް މެދުވެރިކޮށް އެޕްލިކޭޝަން ފޯމް ހުށައެޅޭނެއެވެ.  

އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ، މި ސްކޫލުގެ 6800012 ނަންބަރ ފޯނަށް ގުޅުއްވާ މަޢޫލޫމާތު  ސާފުކުރެއްވުމަށް ދެންނެވީމެވެ.

 

އެޕްލިކޭޝަން ފޯރމް ފުރިހަމަ ކުރުމަށްފަހު މަތީގައި ބަޔާންކުރެވިފައިވާ ތަކެއްޗާއިއެކު ހުށަހަޅަންޖެހޭ އެންމެ ފަހުގެ ތާރީޚަކީ 18 އޮގަސްޓް 2024 އެވެ.

 

 މަތީގައި ދެންނެވިފައިވާގޮތުގެ މަތިން ސްކޫލަށް ވަންނަން އެދޭ ދަރިވަރުންނަށް ފުރުޞަތު ހުޅުވާލެވިފައިވާކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

13 އޮގަސްޓް 2024