ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)113-HRD/1/2024/113
ޕަބްލިޝްކުރި ތާރީޚް: 13 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 14:47
ސުންގަޑި: 18 އޮގަސްޓް 2024 14:00
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :ސެކްޝަން މެނޭޖަރ
ބޭނުންވާ އަދަދު :2

މަހަކު -/11000 ރުފިޔާ

މުސާރަ

- ލީޑަރޝިޕް އެންޑް މެނޭޖްމަންޓް އެލަވަންސް -/10000 (ފިކްސްޑް)

- ސަރވިސް އެލަވަންސް -/80 ރުފިޔާ (މަސައްކަތަށް ހާޟިރުވާ ދުވަހަކަށް)

- މަންތްލީ ފިކްސްޑް އެލަވަންސް -/4650 ރުފިޔާ (ފިކްސްޑް)

- މުވައްޒަފުންނަށް ކުންފުނިން ފަހިކޮށްދޭ މެޑިކަލް ހެލްތް އިންޝުއަރެންސް

- ވަޒީފާއާބެހޭ ގާނޫނުގެ ދަށުން މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

- ސެޓްފިކެޓް ލެވަލް 7 އަދި 8 އަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން އެޑިއުކޭޝަނަލް އެލަވަންސް

އެހެނިހެން އިނާޔަތްތައް

- މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން ޑިގްރީ ހާސިލުކޮށްފައިވުމާއި އެކު 10 އަހަރުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން

ނުވަތަ

- މެނޭޖީރިއަލް ދާރިރާ އަކުން 07 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން

ޝަރުތު

-  ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން ރީޖަނަލް ޕޯޓްގެ ސައިޓްތަކަށް ދަތުރުކުރެވޭނެ ފަރާތަކަށްވުން

އެހެނިހެން ޝަރުތުތައް

- ރީޖަނަލް ޕޯރޓްސް ޑިޕާރޓްމަންޓުން ބަލަހައްޓާ ރީޖަނަލް ޕޯރޓްސް ތަކުގެ އޮޕަރޭޝަންސްްގެ  މަސައްކަތް ހަލުވި ކުރުމަށް ބޭނުންވާ މުހިންމު އިންޑިކޭޓާރސް ތައް އައިޑެންޓިފައިކޮށް ހުރިހާ ރީޖަނަލް ޕޯރޓްސްތަކަށް ފަހި ކުރިއެރުން  ހޯދޭނެގޮތައް މަސައްކަތްކުރުން.

- ރީޖަނަލް ޕޯރޓަށް ކުންފުނިން ކަނޑައެޅިފައިވާ ޓަރގެޓް އެޗީވް ކުރެވޭތޯ ބަލަން ކުރަންޖެހޭ ކަންތައްތައްކޮށް އެކަމާއި ބެހޭ ރިޕޯޓް ޑިޕާޓްމަންޓްގެ ވެރިޔާއަށް ހުށައެޅުން.

- ކުންފުނީގެ ކޯޕަރޭޓް ގޯލްސް ހާސިލްކުރުމަށް ރީޖަނަލް ޕޯރޓްސް ޑިޕާރޓްމަންޓްގެ މަސައްކަތްތައް ފަރުމާކުރުމުގައި އެހީތެރިވުން  އަދި ޓާގެޓް އެޗީވް ނުވާކަމުގައިވާނަމަ ނުވާ ސަބަބު ހައްލު ކުރުމާއި ބެހޭގޮތުން ޑިޕާޓްމަންޓްގެ ފެންވަރުގައި މަސައްކަތް ކުރުން.

- މުވައްޒަފުން މަސައްކަތް ކުރަމުންދަނީ ރައްކާތެރި މާހައުލެއްގަތޯ ބަލައި އަދި ރައްކާތެރިކަން އިތުރަށް ހަރުދަނާ ކުރުމަށް ފިޔަވަޅު އަޅަންޖެހިއްޖެ ހާލަތެއްގައި އެކަން ހަރުދަނާ ކުރުމަށް މަސައްކަތް ކުރުން.

- ކުންފުނި އަރަނިކުރުމަށް ޑިޕާރޓްމަންޓުން ކުރާ މަސައްކަތްތަކަށް ، އެމަސައްކަތް ކުރާ ރީޖަނަކުން ބޭނުންވާ އެންމެހާ މަސައްކަތްތައް ކުރުމުގެ ވިސްނުން ގެންގުޅުމާއެކު ، ކުންފުނި އަރަނިވެރި މުސްތަގްބަލް އުޖާލާތަނަކަށް ހެދުމަށް ކުރަންޖެހޭ މަސައްކަތްތަކުގައި އެންމެ އިސްނަގާ ފަރާތަކަށްވުން.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު

- ދަންފަޅި އުޞޫލުން (ދުވާލަކު 08 ގަޑިއިރު)

މަސައްކަތްކުރަންޖެހޭ ވަގުތު

- މޯލްޑިވްސް ޕޯޓްސް ލިމިޓެޑް / ރީޖަނަލް ޕޯޓްސް ޑިޕާޓްމަންޓް

މަސައްކަތް ކުރަންޖެހޭ ތަން

- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު ވަޒީފާގައި އުޅުނުކަމުގެ ލިޔެކިޔުންތައް

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި

2024 އޮގަސްޓް 18 ވާ އާދީއްތަ ދުވަހުގެ 14:00ގެ ކުރިން

ސުންގަޑި

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2024 އޮގަސްޓް 20 އާއި 2024 ސެޕްޓެމްބަރ 20 އާއި ދެމެދުގައެވެ

އިންޓަރވިއު މުއްދަތު

މިމަޤާމްތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތައް އެމް.ޕީ.އެލްގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް2024 އޮގަސްޓް 18 ވަނަ ދުވަހުގެ ކުރިން އެޕްލިކޭޝަން ހުށަހަޅަންވާނެއެވެ

ހުށަހަޅަންޖެހޭ އޮފީސް

-     https://jobs.port.mv/

ޖޮބް ޕޯޓަލް ލިންކް

އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ  3329339 ނަންބަރު ފޯނަށް ގުޅުން އެދެމެވެ

އިތުރު މަޢުލޫމާތު

13 އޮގަސްޓް 2024