ވަޒީފާގެ ފުރުޞަތު
ނަންބަރު: (I)(I)AP/HR/2015/13
ޕަބްލިޝްކުރި ތާރީޚް: 27 މޭ 2015
ޕަބްލިޝްކުރި ގަޑި: 10:20
ސުންގަޑި: 07 ޖޫން 2015 13:00
ޏ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން: ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ ގްރޭޑް 2

ރޭންކް:MS2

މުސާރަ

މަހަކު -/6295 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

ޑިވިޜަން/ ސެކްޝަން

އެޑްމިން އެންޑް ޕްލޭނިންގ

ވަޒީފާ އަދާކުރަންޖެހޭ ތަން

ޏ. އަތޮޅު ހޮސްޕިޓަލް، ފުވައްމުލައް

 

 

 

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

1- އިދާރީ އެންމެހައި ކަންތައްތައް ރާވައި ހިންގައި ބެލެހެއްޓުން.

2- ޑްރައިވަރުންނާއި، ވޮޗަރުންގެ ޑިއުޓީ ތައްޔާރުކުރުމާއި، އެ މުވައްޒަފުންގެ ސްޕަވައިޒްކުރުން.

3- ހޮސްޕިޓަލުގެ ވެހިކަލްތަކުގެ ރަޖިސްޓަރީ ބެލެހެއްޓުމާއި، ފީއާއި އިންސުއަރެންސް ފަދަ އެއްޗެހި ބަޖެޓް ސެކްޝަނަށް ރިކުއެސްޓްކޮށް، ފީތައް ދެއްކުން.

4- އޮފީހަށް ލިބޭ ސިޓީ މެސެޖު ފަދަ ލިޔުންތަކަށް ޖަވާބު ފޮނުވުމާއި، އެހެނިހެން ކަންތައް ރާވައި ހިންގުން.

5- ހޮސްޕިޓަލަށް އަންނަ މެހުމާނުނާއި އެހެނިހެން ޢިއްޒަތްތެރިންނަށް މަރުޙަބާކިޔުމާއި، އެކޮމޮޑޭޝަނާއި ފުޑާއި ޓްރާންސްޕޯޓް ހަމަޖެއްސުން.

6- އޮފީސް ހުޅުވައި ލެއްޕުމުގެ ކަންތައް އިންތިޒާމްކޮށް ހިންގައި ބެލެހެއްޓުން.

7- ހޮސްޕިޓަލަށް ގަނެވޭ ތަކެއްޗާއި، ހިންގާ ޕްރޮޖެކްޓްތަކާއި، ހޮސްޕިޓަލަށް ކުއްޔަށް ތަންތަން ހިފުމަށް އިޢުލާންކުރުމާއި، މައުލޫމާތު ތައްޔާރުކޮށް، މަޢުލޫމާތު ދިނުމާއި، ބިޑް ބަލައިގަނެ، އެގްރީމަންޓް ހެދުމާއި، މިކަމާ ގުޅޭ އެހެނިހެން ކަންތައްތައް ރާވައި ހިންގުން.

8- ހޮސްޕިޓަލާއި އެހެނިހެން ފަރާތްތަކާ ވެފައިވާ އެއްބަސްވުންތައް، އެއްބަސްވުމާއި އެއްގޮތަކަށް ހިނގާތޯ ބަލައި، އިދާރީގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން.

9- އިދާރިގޮތުން ހޮސްޕިޓަލް ހިންގަވަން ހުންނަވާ ބޭފުޅަކަށް އެހީތެރިވެދިނުން.

 

 

 

ތަޢުލީމާއި ތަޖުރިބާ

  1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  3. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ؛
  4. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

ޢިނާޔަތްތައް

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.
  2. ރިސްކް އެލަވަންސްގެ ގޮތުގައި ހާޒިރުވާ ކޮންމެ ދުވަހަކަށް -/25 ރުފިޔާ.

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމް މި ހޮސްޕިޓަލުގެ އޮފީހުން ލިބެންހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv ން) މި ފޯމު ޑައުންލޯޑް ކުރެވޭނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނެ، ލިޔެފައިވާ ލިޔުންތައް ކިޔަން ކިޔަން އެނގޭފަދަ ކޮޕީއެއް.

6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ސުންގަޑި

2015 ޖޫން 7 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން، ޏ. އަތޮޅު ހޮސްޕިޓަލުގެ އޮފީސް ބަޔަށް.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއި، އިމްތިޙާނުކުރުން އޮންނާނެ ތަނާއި ތާރީޚާއި ގަޑި، މި އިޢުލާނުގެ މުއްދަތު ހަމަވާތާ 3 ދުވަހުގެ ތެރޭގައި، އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކަށް ލިޔުމުން އެންގޭނެއެވެ.

ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައިގެން 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

- މަޢުލޫމާތު ސާފުކުރަން ގުޅާނީ، 6861860 ނަންބަރު ފޯނަށެެވެ. 

- ވަޒީފާއަށް އެދޭ ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv ން) ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ހޮސްޕިޓަލުގެ އޮފީހުންވެސް މި ފޯމު ލިބެން ހުންނާނެއެވެ.

9 ޝަޢުބާން 1436

27 މޭ 2015