ދިވެހިރާއްޖެ
ރ.އިނގުރައިދޫ ގަބުރުސްތާނުގެ ވިނަ ނޮޅައި ސާފުކޮށްދިނުމުގެ މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
މާކްސް ދެވޭނެ ގޮތުގެ ތަފުސީލު
ފޯމިއުލާ |
ތަފުސީލު |
މާކްސް ދެވޭ ގޮތް |
މާކްސް ދެވޭ ކްރައިޓީރިއާ |
(Benchmark Price / Submitted Price) x Allocated Percentage |
|
85% |
އަގު |
( Submitted years of experience / Benchmark years ) x Allocated Percentage |
|
10% |
މުއްދަތު |
(Profile marks / Benchmark Profile marks) x Allocated Percentage |
|
5% |
ޕްރޮފައިލް |
ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 08 ޖޫން 2015 ވާ ހޯމަ ދުވަހުގެ 10:15 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 11 ޖޫން 2015 ވާ ބުރާސްފަތި ދުވަހުގެ 10:15 އަށް މި އިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި ބިޑް ހުށަހެޅުމަށް ވަޑައިގަންނަވާ ބޭފުޅެއްގެ މުއްދަތު ހަމަނުވާ އައި.ޑީ ކާޑު ގެންނެވުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި ބިޑް ހުށަހަޅަން ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ ބަދަލުގައި ފޮނުވާ ބޭފުޅެއްކަން އެނގޭނެ ލިޔުމަކާއި އައިޑީ ކާޑުގެ ކޮޕީ ހުށަހެޅުއްވުމަށް އެދި ދެންނެވީމެވެ. މަތީގައި ދެންނެވިފައިވާ ގަޑިއަށް މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، އަންދާސީހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑިޖެހުމުގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ. ހުށަހަޅާ އަންދާސީހިސާބުގެ ބޭރުގައި " ރ.އިނގުރައިދޫ ގަބުރުސްތާނުގެ ވިނަ ނޮޅައި ސާފުކޮށްދިނުމަށް އެދި " މިހެން ލިޔެފައި އޮންނަންވާނެއެވެ.
ރ. އިނގުރައިދޫ ގަބުރުސްތާނުގެ ވިނަ ނޮޅައި ސާފުކުރުމަށް ކުރިން ކުރެވިފައިވާ މިއިދާރާގެ ނަންބަރު: 309/2015/05 (21 މޭ 2015)ގެ އިޢުލާނާ ގުޅިގެން ބިޑު ހުށަހެޅުމަށް އެންމެ ދެފަރާތުން ހާޒިރުވުމުން، އެ އިޢުލާނުގެ ބިޑް ބާޠިލުކޮށް، އަލުން ފުރުޞަތު ހުޅުވާލަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6580028 ނަންބަރު ފޯނާ ގުޅުއްވުމުން ސާފުވެވަޑައިގަންނަވާނެއެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
14 ޝަޢުބާން 1436