ދިވެހިރާއްޖެ
ޕްރޮޖެކްޓް ނަންބަރު PC/308/2024/11
މިދަންނަވާ ބިންތައް 10 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރަން ބޭނުންވެއެވެ.
ނަމްބަރު އެން 1 ބިން
- ބިމުގެ ބްލޮކް ނަމްބަރު: N-1
- ބިން ކުއްޔަށް ދޫކުރާ ބޭނުން: ތަކެތި ގުދަންކުރުމާއި އިމްޕޯޓް މުދާ ވިއްކުން
ނަމްބަރު އެން 5 ބިން
- ބިމުގެ ބްލޮކް ނަމްބަރު: N-5
- ބިން ކުއްޔަށް ދޫކުރާ ބޭނުން: ސައި ހޮޓާ / ކެފޭ / ރެސްޓޯރަންޓް ހިންގުން
މުޙިއްމު މަޢުލޫމާތު
- މިބިންތައް އޮންނާނީ އުތުރު ބަނދަރުގެ ހުޅަނގު ހުރަސްޖެޓީގައެވެ.
- ބިމުގެ ބޮޑުމިނަކީ 1200.00 (ބާރަސަތޭކަ) އަކަފޫޓެވެ.
- މިބިންތައް ކުއްޔަށް ހިފުމަށް ހުށަހެޅޭނީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކަށެވެ.
- ބިމުކުލީގެ ގޮތުގައި ހުށަހެޅޭ އެންމެ ދަށް އަގު: އަކަފޫޓަކަށް 50/1ރ (އެއް ރުފިޔާ ފަންސާސް ލާރި)
- ބިން، ކުއްޔަށް ނަގަން ހުށަހަޅާ އަގުގެ 1 (އެކެއް) މަސްދުވަހުގެ ކުލީގެ ފައިސާ އެޑްވާންސް ފައިސާގެ ގޮތުގައި ނެގޭނެއެވެ. (މިފައިސާއަކީ އެއްބަސްވުމުގައިވާ ގޮތުގެމަތިން ބިން ދޫކޮށްލުމުން އަނބުރާ ލިބޭނެ ފައިސާއެކެވެ.)
- ބިޑް ކާމިޔާބުކޮށް އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ބިމުގައި ކުރަން ގަސްތުކުރާ ވިޔަފާރި ފަށަންވާނެއެވެ.
- މިބިންތައް ކުއްޔަށް ހިފުމަށް ހުށަހެޅޭނީ ކައުންސިލަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް އޮތްނަމަ އެފައިސާއެއް ދެއްކުމަށްފަހުއެވެ.
- ބިމުގައި ޢިމާރާތްތަކާއި ވިޔަފާރިއަށް ބޭނުންވާ ވަސީލަތްތައް ޤާއިމްކުރުމުގެ އިޙްތިޔާރު ލިބިގެންވެއެވެ.
- އެއްބަސްވުމުގައި ސޮއިކުރުމަށްފަހު، ކޮންމެ އަހަރެއްގެ އިޖުތިމާޢީ ޒިންމާގެތެރެއިން އެކިކަންކަމަށް ކުރި ޚަރަދުގެ ތަފްޞީލު ފެށޭ އަހަރުގެ ޖަނަވަރީ 30 ވަނަ ދުވަހުގެ ކުރިން ހުށަހަޅަންވާނެއެވެ.
- ބިން އޮތް ސަރަޙައްދުގެ ޗާޓު މިއިޢުލާނުގެ ޖަދުވަލު 1 ގައި ހިމެނިފައިވާނެއެވެ.
ރަޖިސްޓްރީކުރުން |
2024 އޮގަސްޓް 21 ވާ ބުދަ ދުވަހުގެ 13:00ގެ ކުރިން ބިޑް ރަޖިސްޓްރީކުރަންވާނެއެވެ. ބިޑް ރަޖިސްޓްރީ ފޯމުގެ ލިންކް ތިރީގައި އެވަނީއެވެ. ބިން ކުއްޔަށް ދޫކުރުމުގެ ބިޑުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް (google.com) ބިޑް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ ބިޑް ބަލައިނުގަންނާނެ ވާހަކަ ދަންނަވަމެވެ. |
މަޢުލޫމާތު ސާފުކުރުން |
މި މަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް އީ-މެއިލް ކުރައްވާނީ 2024 އޮގަސްޓް 21 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައި ދަންނަވާފައިވާ އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ. އީމެއިލް އެޑްރެސް: [email protected] ކޮޕީ: [email protected] |
އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަނޑި އާއި ހުށަހަޅާނެގޮތް |
|
އަގު ހުށަހަޅަންވީ ގޮތް:
- އަގު ހުށަހަޅަންވާނީ ދިވެހި ރުފިޔާއިންނެވެ.
- އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައިއެވެ.
- ސިޓީއުރައިގައި ބަންދުކުރެވިފައިވާ ލިޔެކިޔުން ފިޔަވާ އެހެން ލިޔުމެއް ފަހުން ބަލައެއް ނުގަނެވޭނެއެވެ. އަދި ބަންދުކުރެވިފައިވާ ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު އަދި ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.
" ބިން ކުއްޔަށް ދޫކުރުން "
މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް:
- ވިޔަފާރީގެ މުއްދަތު ހަމަނުވާ ރަޖިސްޓްރީގެ ކޮޕީ.
- އަންދާސީ ހިސާބު ހުށަހަޅާ ފޯމް
- ޓެކްސް ކުލިއަރެންސް ރިޕޯޓް
ޕޮއިންޓް ދޭގޮތުގެ ތަފްސީލު:
- ޕޮއިންޓް ދިނުމުގައި ބަލާ މިންގަނޑު ތަކަކަކީ :
- އަގު: އަށްޑިހަ އިންސައްތަ
- މާލީ ޤާބިލުކަން: ދިހަ އިންސައްތަ
- އިޖުތިމާޢީ ޒިންމާގެތެރެއިން އަހަރަކު ޚަރަދުކުރާ މިންވަރު: ދިހަ އިންސައްތަ
- ބިޑް އިވެލުއޭޓްކުރުމުގައި އަގުގެ ބެންޗްމާކުގެ ގޮތުގައި ބަލާނީ ހުށަހަޅާފައިވާ އެންމެ ބޮޑު އަގެވެ.
- ބިޑް އިވެލުއޭޓްކުރުމުގައި މުއްދަތުގެ ބެންޗްމާކުގެ ގޮތުގައި ބަލާނީ ހުށަހަޅާފައިވާ ބޭންކް ސްޓޭޓްމަންޓްގެ އެންމެ ބޮޑު ޓާންއޯވަރއެވެ.
- މާލީ ޤާބިލުކަން ސާބިތުކޮށްދިނުމަށް ހުށަހަޅާނީ ވިޔަފާރީގައި ބޭނުންކުރާ އެކައުންޓްގެ 6 (ހައެއް) މަސްދުވަހުގެ ބޭންކް ސްޓޭޓްމަންޓެވެ.
- ބިޑް އިވެލުވޭޓް ކުރުމުގައި ބެންޗްމާކުގެ ގޮތުގައި ބަލާނީ ހުށަހަޅާފައިވާ އިޖުތިމާޢީ ޒިންމާއަށް އަހަރަކު ޚަރަދުކުރާ އެންމެ ބޮޑު ޢަދަދެވެ.
- ބިޑް އިވެލުއޭޓް ކުރާނީ މިއިދާރާގެ ބިޑް އިވެލުއޭޝަން ކޮމިޓީންނެވެ.
- ބިޑް އިވެލުއޭޝަން ކޮމިޓީން އިވެލުއޭޓްކުރުމަށް ފަހު، ބިޑުތައް ކާމިޔާބު ކުރެވުނު ފަރާތަށާއި ނުކުރެވުނު ފަރާތްތަކަށް އެންގޭނެއެވެ.
- ބިޑް އިވެލުއޭޝަނާއި ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ "ބީލަންވެރިޔާ މައްސަލަ ހުށަހަޅާ ފޯމް" ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.