ދިވެހިރާއްޖެ
1. ޕްރޮޖެކްޓް ނަންބަރު: PC-410/2024/W-30
2. މިރަށު 'ފިނިރޯޅި' ގެ އާއި ޖެހިގެން އޮތް 1312 އަކަފޫޓުގެ ހުސްބިން ބިޑް އުޞޫލުން 20 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް މިކައުންސިލުގެ 4 ވަނަ ދައުރުގެ 165 ވަނަ އާންމު ބައްދަލުވުމުގައި ނިންމާފައި ވާތީ، އެ މިބިމުގައި ކެފޭ، ރެސްޓޯރަންޓް ހަދައި ޢާންމު ރައްޔިތުނަށް ޚިދުމަތް ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
3. މި ބިޑް ކާމިޔާބު ކުރާ ފަރާތުން އެތަނުގައި ވިޔަފާރިއެއް ކުރެވޭނީ ކަމަށް ބޭނުންވާ ހުއްދަތައް ނެގުމާއި އެކު އިކޮނޮމިކް މިނިސްޓްރީގައި ވިޔަފާރި ރަޖިސްޓްރީކޮށްގެން އޭގެ ދަށުންނެވެ.
4. ބިޑް ކާމިޔާބު ކުރާފަރާތާއި މިކައުންސިލާއި އެކު ވެވޭ އެއްބަސްވުމުގެ ދަށުން ބިޑް ކާމިޔާބު ކުރެވޭ ފަރާތުން އެބިމުގައި މި އިޢުލާނުގެ 3 ވަނަ ނަންބަރުގައި ވާ ފަދައިން އެތަނުގައި ވިޔަފާރިއެއް ނުފަށާ 12 މަސްދުވަސް ފާއިތު ވެއްޖެނަމަ، އެއްވެސް ބަދަލެއް ދިނުމަކާއި ނުލާ އެބިން ވަކި ކުރެވޭނެއެވެ.
5. މިބިމުގައި މަސައްކަތް ކުރަން ވާނީ ބިން ކުއްޔަށް ނަގާ ފަރާތުންނެވެ. އެފަރާތުން އެހެން ފަރާތަކަށް ބިން ކުއްޔަށް ދީ ވިއްކައި ނުހެދޭނެއެވެ.
6. ބިޑް އުޞޫލުން މި ބިން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ އެންމެ ކުޑަ އަގަކީ އަކަފޫޓަކަށް 00.25 (ފަންސަވީސް ލާރި) އެވެ.
7. މިގޮތުން މި ބިޑް ކާމިޔާބު ކުރެވޭނީ ޝަރުތު ހަމަވާ ހުށަހެޅުންތަކުގެ ތެރެއިން އަކަފޫޓަކަށް އެންމެ މަތިން އަގު ހުށަހަޅާ ފަރާތްތަކުން ހުށަހަޅާ ޕްރޮޕޯސަލްތަކަށް ބެލެހުމަށްފަހުން ކަނޑައެޅިފައިވާ ކްރައިޓީރިއާތަކުން އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތަކަށެވެ.
8. ބިޑް އިވެލުއޭޝަން ކްރައިޓީރިއާ ތަކަކީ:
- ހުށަހަޅާ ކުލި % 75
- ބިމުގައި ކުރުމަށް ގަސްދުކުރާ ވިޔަފާރީގެ ބިޒްނަސް ޕްލޭން % 20
- ވިޔަފާރި ފެށުމަށް ހޭދަވާނެ މުއްދަތު % 5
9. ހުށަހަޅާ ޕްރޮޕޯސަލްގައި ހުންނަންވާނެ ޝަރުތުތައް:
- ހުށަހަޅާ ފަރާތުގެ ސިޓީ
- ޕްރޮފައިލް
- ހުށަހަޅާ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީ
- ކުރަން ގަސްދު ކުރާ ވިޔަފާރީގެ ބިޒްނަސް ޕްލޭން
- ވިޔަފާރި ފެށުމަށް ހޭދަވާނެ މުއްދަތު
- ވިޔަފާރި ކުރުމުން ކައުންސިލަށާއި ރަށުގެ އާންމު މުޖުތަމަޢަށް ވާނެ ފައިދާ
10. އިތުރު މަޢުލޫމާތު:
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ
ހޭރިޔާމަގު، ގއ.ދާންދޫ، ދިވެހިރާއްޖެ،
ފޯން : 6820026، 7330026
އީމެއިލް : [email protected]
11. ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީވެވޭނީ، ބީލަމަށް ރަޖިސްޓްރީ ވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، އައިޑީ ނަންބަރު، ފޯންނަންބަރާއި އީ-މެއިލް އެޑްރެސް ތިރީގައި މިވާ ލިންކް މެދުވެރިކޮށް 21 އޮގަސްޓް 2024 ވާ ބުދަ ދުވަހުގެ 10:00ގެ ކުރިން، ފޮވުވުމުންނެވެ.
ބިޑްގައި ރަޖިސްޓްރީ ވުމަށް ފުރިހަމަ ކުރަންޖެހޭ ފޯމްގެ ލިންކް:
https://forms.gle/XJbJ3v9D3oZi5uHJA
12. ބިޑް ހުށަހެޅުން:
ބިޑް ހުށަހެޅުން، ބިޑް ހުޅުވުން އޮންނާނީ 22 އޮގަސްޓް 2024 ބުރާސްފަތި ދުވަހުގެ 13:00 ގައި މިއިދާރާގެ ކޮންފަރެންސް ހޯލުގައި އޮންލައިންކޮށް ބާއްވާ މީޓިންގައެވެ. ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރެއިން ބިޑް މީޓިންގއަށް ހާޒިރުވާން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު އޮންނާނެއެވެ. އެހެން ނަމަވެސް އެފަދަ ފަރާތްތަކަށްވެސް ބިޑް ހުށަހެޅުމުގެ ފުރުސަތު ދެވޭނީ އޮންލައިން ޒަރީއާއިންނެވެ. އެހެންކަމުން އެކަމަށް ސަމާލުކަން ދިނުމަށް ދަންނަވަމެވެ.
13. ހުށަހަޅާ ޕްރޮޕޯސަލް ތަކުން އެވޯޑް ކުރެވޭ ފަރާތަށް މަސައްކަތް ހަވާލުކުރެވޭނީ ދަޢުލަތުގެ މާލިއްޔަތުގެ ޤަވާޢިދާއި އެއްގޮތްވާ ގޮތުގެ މަތިންކަމުގައި ދެންނެވީމެވެ.
މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.