ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ
މި އިންސްޓިޓިއުޓުން ކުރެވުނު ނަންބަރު: 16/IUL)451-FP/1/2015) އިޢުލާނާ ގުޅިގެން 3 ފަރާތުން މަޢުލޫމާތު ސާފުކޮށްފައިނުވާތީ، އެ އިޢުލާން ބާޠިލުކުރަމެވެ.
ވީމާ، މިއިންސްޓިޓިއުޓަށް ތިރީގައި މިދަންނަވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.
މަސައްކަތުގެ ތަފުސީލު |
ބޭނުންވާ އަދަދު |
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީހިސާބު ހުށަހެޅުމަށް |
ޤައުމީ މަންހަޖުގެ ކީ ސްޓޭޖް 2 ގެ ކްރިއޭޓިވް އާރޓްސްގެ ފޮތްތަކުގެ މަސައްކަތް ސުޕަވައިޒްކޮށް ބެލެހެއްޓުމާއި ކީ ސްޓޭޖް 3 ގެ ސިލަބަސް އެކުލަވާލުމުގައި ކޭމްބްރިޖް ޔުނިވަރސިޓީއަށް އެހީތެރިވެދިނުން |
3 |
09 ޖޫން 2015 ވަނަ ދުވަހުގެ 14:00 އަށް |
15 ޖޫން 2015 ވަނަ ދުވަހުގެ 14:00 އަށް |
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަތީގައިވާ ތާވަލާ އެއްގޮތަށް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން (ޣާޒީ ބިލްޑިންގގެ 02 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައިނުވާ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3012378 ނަންބަރު ފޯނާއެވެ.
17 ޝަޢުބާން 1436