ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)22-D/22/2024/330
ޕަބްލިޝްކުރި ތާރީޚް: 13 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 13:31
ސުންގަޑި: 21 އޮގަސްޓް 2024 13:30
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ޕްރިންސިޕަލް (މ.ރަތްމަންދޫ ސްކޫލް)

އިޢުލާނު

 

މަޤާމު:

ޕްރިންސިޕަލް

މަޤާމް ގިންތި:

ދާއިމީ

 

މަޤާމުގެ ނަންބަރު، ބޭނުންވާ ޢަދަދު، ވަޒީފާ އަދާކުރަން ޖެހޭ ތަން

 

މަޤާމް ނަންބަރު

ވަޒީފާ އަދާކުރަންޖެހޭ ތަން

ބޭނުންވާ ޢަދަދު

J-356687

މ.ރަތްމަންދޫ ސްކޫލް

 1

 

 

މަޤާމުގެ ރޭންކާއި، ޕަބްލިކް ސަރވިސް ރޭންކާއި، ޝަރުޠާއި، އަސާސީ މުސާރައާއި، މަޤާމުގެ އެލަވަންސްތަކާއި، ހާޒިރީ ޢިނާޔަތް:

މަޤާމު

މަޤާމް ރޭންކް

ޕަބްލިކް ސަރވިސް ރޭންކް

ޝަރުޠު

މަޤާމުގެ އަސާސީ މުސާރަ

މަޤާމުގެ އެލަވަންސް

ހާޒިރީ ޢިނާޔަތް

ޕްރިންސިޕަލް

 

 

 

ރޭންކް 1

 

ޕަބްލިކް ސަރވިސް ރޭންކް 9

 

  1. ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަވެފައިވާ ދާއިރާއަކުން ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއި، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއި، ސުކޫލެއްގައި ކިޔަވައިދިނުމުގައި މަދުވެގެން 2 އަހަރު ޚިދުމަތްކޮށްފައިވުމާއި، ތަޢުލީމުދޭ ނުވަތަ މަތީ ތަޢުލީމުދޭ އިދާރާއެއްގެ ހިންގުމުގެ ދާއިރާގައި 4 އަހަރު ޚިދުމަތްކޮށްފައިވުން.

ނުވަތަ،

  1. ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ޤައުމީ ސަނަދުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއި، ސްކޫލެއްގައި ކިޔަވައިދިނުމުގައި މަދުމެގެން 2 އަހަރު ޚިދުމަތްކޮށްފައިވުމާއި، ތަޢުލީމުދޭ ނުވަތަ މަތީ ތަޢުލީމުދޭ އިދާރާއެއްގެ ހިންގުމުގެ ދާއިރާގައި 8 އަހަރު ޚިދުމަތްކޮށްފައިވުން.

16,647/-ރ

 

9,534/-ރ

 258/-ރ

 

 

ޕްރިންސިޕަލް

 

ރޭންކް 2

ޕަބްލިކް ސަރވިސް ރޭންކް  10

 

  1. ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަވެފައިވާ ދާއިރާއަކުން ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއި، ސުކޫލެއްގައި ޓީޗަރެއްގެ ގޮތުގައި 2 އަހަރު ޚިދުމަތްކޮށްފައިވުމާއި، ތަޢުލީމުދޭ ނުވަތަ މަތީ ތަޢުލީމުދޭ އިދާރާއެއްގެ ހިންގުމުގެ ދާއިރާގައި 4 އަހަރު ޚިދުމަތްކޮށްފައިވުން.

ނުވަތަ،

  1. ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ޤައުމީ ސަނަދުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއި، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއި، ސްކޫލެއްގައި ޓީޗަރެއްގެ ގޮތުގައި 2 އަހަރު ޚިދުމަތްކޮށްފައިވުމާއި، ތަޢުލީމުދޭ ނުވަތަ މަތީ ތަޢުލީމުދޭ އިދާރާއެއްގެ ހިންގުމުގެ ދާއިރާގައި 8 އަހަރު ޚިދުމަތްކޮށްފައިވުން.

17,985/-ރ

10,300/-ރ

279/-ރ

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ސިޔާސަތުތަކާއި ސްކޫލުގެ މަންހަޖާ އެއްގޮތްވާ ގޮތުގެމަތިން އުނގަންނައިދިނުމުގެ ޙަރަކާތްތައް ރާވައި ހިންގުން
  2. ކުދިންގެ ތަޢުލީމީ ފެންވަރު ރަނގަޅުކުރުމަށާއި ކުދިން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރުމާއި ކުދިންގެ ކިބައިގައި ދީނީ، އަދި ރަނގަޅު އަޚްލާޤީ އާދަތައް ހަރުލެއްވުމަށް ކަނޑައަޅަންޖެހޭ އެންމެހައި މިންގަނޑުތަކާއި އުޞޫލުތައް ކަނޑައަޅައި އެކަންކަން ތަންފީޒުކުރުން.
  3. ސްކޫލުގެ ކިޔަވައިދިނުމާއި އިދާރި ކަންކަމާބެހޭ ޕްލޭންތައް ތައްޔާރުކޮށް ތަންފީޒުކުރުމާއި މޮނިޓަރކުރަމުން ގެންދިއުން.
  4. ވަށާޖެހިފައިވާ ތަޢުލީމަށް މަގުފަހިވާނެހެން އިތުރު ޙަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ކުދިންނަށް ހޯދައިދިނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރާވައި ހިންގުން.
  5. ސްކޫލުގެ އެކަޑަމިކް މުވައްޒަފުންނާއި އިދާރީ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު މަތިކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުން.
  6. ސަރުކާރުގެ ޤަވާޢިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ސްކޫލުގެ އިމާރާތާއި ފައިސާގެ ކަންތައްތަކާއި މުވައްޒަފުންނާއި ގުޅުންހުރި އެންމެހައި މަސައްކަތްތައް ރާވައި ހިންގުން.
  7. ސްކޫލުގެ ކިޔެވުމާއި ކިޔަވައިދިނުމުގެ ފެންވަރު ބެލުމާއި، އެންމެ ރަނގަޅު ގޮތުގައި ދަރިވަރުންނަށް ފިލާވަޅު ދަސްކުރެވޭފަދަ ގޮތަކަށް ސްކޫލުގެ މާޙައުލުގެ ތެރޭގައި ހިމެނޭ ކަންތައްތައް ބެލެހެއްޓުން.
  8. ސްކޫލާބެހޭ ގޮތުން ކަމާބެހޭ ފަރާތްތަކަށާއި ބެލެނިވެރިންނަށް މަޢުލޫމާތު ދެމުން ގެންދިއުން.
  9. ބެލެނިވެރިންނާއި ސްކޫލާ ދެމެދުގައި ރަނގަޅު ގުޅުމެއް ޤާއިމްކޮށް ދެމެހެއްޓުމަށް މަސައްކަތް ކުރުން.

މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ދާއިރާތައް:

ތަޢުލީމީ ދާއިރާ

  1. ސްކޫލް މެނޭޖްމަންޓް، އެޑިޔުކޭޝަން މެނޭޖްމަންޓް، ސްކޫލް އެޑްމިނިސްޓްރޭޝަން، އެޑިޔުކޭޝަނަލް އެޑްމިނިސްޓްރޭޝަން.
  2. އެޑިޔުކޭޝަން އިން ލީޑަރޝިޕް އެންޑް މެނޭޖްމަންޓް، ލީޑަރޝިޕް އިން އެޑިޔުކޭޝަން، އެޑިޔުކޭޝަނަލް ލީޑަރޝިޕް، ސްކޫލް ލީޑަރޝިޕް، ޓީޗަރ ލީޑަރޝިޕް، ލީޑަރޝިޕް އެންޑް ޑިޖިޓަލް އެޑިޔުކޭޝަން، އެޑިޔުކޭޝަން އެންޓަރޕްރިނިއޮރޝިޕް، އިންކްލޫސިވް އެޑިޔުކޭޝަން، ޗޭކްޖިންގ އެޑިޔުކޭޝަން، އެޑިޔުކޭޝަނަލް ޓްރީޓްމަންޓް އޮފް ޑައިވަރސިޓީ، އެޑިޔުކޭޝަނަލް ޓްރާންސްޕޯމޭޝަން، ކަރިކިއުލަމް އެންޑް އިންސްޓްރަކްޝަން، އެޑިޔުކޭޝަނަލް ސައިކޮލޮޖީ.

ކިޔަވައިދިނުމުގެ ދާއިރާ

  1. ޓީޗިންގ، އެޑިޔުކޭޝަން.
  2. ސްޕެޝަލް އެޑިޔުކޭޝަން، ސްޕެޝަލް އެޑިޔުކޭޝަން ނީޑްސް، އިންކްލޫސިވް ސްޕެޝަލް އެޑިޔުކޭޝަނަލް ނީޑްސް، އިންކްލޫސިވް އެންޑް ސްޕެޝަލް އެޑިޔުކޭޝަން، އިންކްލޫސިވް އެންޑް ސްޕެޝަލް އެޑިޔުކޭޝަނަލް ނީޑްސް.

ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާ

ސްކޫލްގައި ކިޔަވައި ދިނުމަށް ޤައުމީ މަންހަޖުގައި ކަނޑައަޅާފައިވާ މާއްދާއެއް.

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

ކިޔަވައިދިނުމުގެ ތަޖުރިބާ:

ޕްރީ ސްކޫލެއް، ޕްރައިމަރީ ސްކޫލެއް، ސެކަންޑަރީ ސްކޫލެއް، ނުވަތަ ހަޔަރ ސެކަންޑަރީ ސްކޫލެއްގައި ކިޔަވައި ދިނުން.

ހިންގުމުގެ ދާއިރާގެ ތަޖުރިބާ:

ތަޢުލީމާބެހޭ / މަތީ ތަޢުލީމާބެހޭ ކަންތައްތައް ބަލަހައްޓާ ސަރުކާރުގެ އިދާރާއެއްގައި ނުވަތަ ތަޢުލީމުދޭ / މަތީ ތަޢުލީމުދޭ އިދާރާއެއްގެ މެނޭޖީރިއަލް، ޕޮލިސީ ނުވަތަ ފަންނީ މަސައްކަތްތައް. މީގެ ތަރޭގައި ލީޑިންގ ޓީޗަރުގެ ޒިންމާވެސް ހިމެނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ބޭފުޅެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓް ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ޙިއްޞާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ ން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުޠު ހަމަވުން

ޕްރިންސިޕްލް / ޑެޕިއުޓީ ޕްރިންސިޕަލް، ރޭންކް 1 ގެ ޝަރުޠު ފުރިހަމަވުން

25

ޕްރިންސިޕްލް / ޑެޕިއުޓީ ޕްރިންސިޕަލް، ރޭންކް 2 ގެ ޝަރުޠު ފުރިހަމަވުން

30

ތަޖުރިބާ

އަސާސީ ޝަރުޠުގައި ބަޔާންކުރާ "ކިޔަވައި ދިނުމުގެ ތަޖުރިބާ" ގެ މުއްދަތަށް ވުރެ އިތުރުވާ ތަޖުރިބާ

05

އަސާސީ ޝަރުޠުގައި ބަޔާންކުރާ "ހިންގުމުގެ ދާއިރާގެ ތަޖުރިބާ" ގެ މުއްދަތަށް ވުރެ އިތުރުވާ ތަޖުރިބާ

05

އިންޓަވިއު

 

40

ޕްރެކްޓިކަލް

 

20

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަގާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 21 އޮގަސްޓު 2024 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން، ތިރީގައިވާ ލިންކު މެދުވެރިކޮށެވެ.

https://forms.gle/Y3yBPT1GJW5DTRH96

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި (އަސާސީ ޝަރުޠު ހަމަކުރުމަށް ތަޖުރިބާގެ މުއްދަތު ބޭނުންވާނަމަ، އެ މުއްދަތު އުނިކުރުމަށްފަހު)، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އެސެސްމަންޓް އަދި އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

ހ. މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އަދި އެސެސްމަންޓް އޮންނާނެ ތަން އިޢުލާނަށް މުއްދަތު ހަމަވާތާ ރަސްމީ 10 ދުވަސްތެރޭގައި އެންގޭނެއެވެ. މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ށ. އިންޓަވިއުގައި ޕްރެޒެންޓޭޝަނެއް ހުށަހަޅަން ޖެހޭނެއެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" ޢާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" ޢާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓުގައި ޢާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު ޢާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ  3341427 އަދި 3341418 އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ.

ޕްރިންސިޕަލުން އަދި ޑެޕިއުޓީ ޕްރިންސިޕަލުންގެ ޖޮބް މެޓްރިކްސްގެ މަޤާމުތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (https://www.csc.gov.mv/Policy/Index/74) އިން ލިބެން ހުންނާނެއެވެ

13 އޮގަސްޓް 2024