ވަޒީފާގެ ފުރުޞަތު
ނަންބަރު: HMH/IUL/2024/127
ޕަބްލިޝްކުރި ތާރީޚް: 13 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 11:11
ސުންގަޑި: 21 އޮގަސްޓް 2024 14:00
ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
ސީ.އެސް.އެސް.ޑީ ޓެކްނީޝަން (ޓްރޭނީ)

 

މަޤާމް: ސީ.އެސް.އެސް.ޑީ ޓެކްނީޝަން (ޓްރޭނީ)

ބޭނުންވާ ޢަދަދު:04 ( ހަތަރެއް )  

މަޤާމުގެ ގިންތި: ކޮންޓްރެކްޓް

ކޮންޓްރެކްޓްގެ މުއްދަތު: 1 އަހަރާއި 11 މަސް 

މަޤާމުގެ ކްލެސިފިކޭޝަން: ސީ.އެސް.އެސް.ޑީ ޓެކްނީޝަން  

 

ޑިޕާޓްމަންޓް: ސީ.އެސް.އެސް.ޑީ ޑިޕާޓްމަންޓް   

މަސައްކަތް ކުރަންޖެހޭ ތަން:ސީ.އެސް.އެސް.ޑީ

ތަޢުލީމާއި ތަޖުރިބާ:

     މަޤާމު: ސީ.އެސް.އެސް.ޑީ ޓެކްނީޝަން (ޓްރޭނީ)  - ޕީ.އެސް ރޭންކް 4

1-    މަތީ ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން "ސައިންސް"ގެ 2 މާއްދާއިން ދައްވެގެން "އީ" ގްރޭޑް ލިބިފައި ވުމާއެކު، "ސެކަންޑަރީ ސްކޫލް" ނުވަތަ "ހަޔަރ ސެކަންޑަރީ ސްކޫލް" ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މި މާއްދާއިން ދައްވެގެން "ސީ" ގްރޭޑް ލިބިފައިވުން ނުވަތަ:

2-   ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން "ސައިންސް"ގެ 2 މާއްދާއިން ދައްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު، "ސެކަންޑަރީ ސްކޫލް" ނުވަތަ "ހަޔަރ ސެކަންޑަރީ ސްކޫލް" ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މި މާއްދާއިން ދައްވެގެން "ސީ" ގްރޭޑް ލިބިފައިވުން. އަދި ދިވެހިރާއްޖޭގެ މަތީ ތަޢުލީމުދޭ މަރުކަޒުން، ސައިންސްގެ ދާއިރާއިން، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ފައުންޑޭޝަން ސްޓަޑީޒް ޕްރޮގްރާމެއް ފުރިހަމަކޮށްފައިވުން.

     މަޤާމުގެ އަސާސީ މުސާރަ: 8190.00 ރުފިޔާ ( މަހަކު )

        މަޤާމުގެ އެލަވަންސް: 2456.00 ރުފިޔާ ( މަހަކު )

        ޙާޟިރީ ޢިނާޔަތް: 67.00 ރުފިޔާ ( މަސައްކަތަށް ޙާޟިރުވާ ދުވަހަކަށް )

      މަޤާމު:  އެސިސްޓެންޓް ސީ.އެސް.އެސް.ޑީ ޓެކްނީޝަން (ޓްރޭނީ)  - ޕީ.އެސް ރޭންކް 3

1-      ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން "ސައިންސް"ގެ 2 މާއްދާއިން ދައްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު، "ސެކަންޑަރީ ސްކޫލް" ނުވަތަ "ހަޔަރ ސެކަންޑަރީ ސްކޫލް" ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މި މާއްދާއިން ދައްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

   މަޤާމުގެ އަސާސީ މުސާރަ: 7581.00 ރުފިޔާ ( މަހަކު )

      މަޤާމުގެ އެލަވަންސް: 2274.00 ރުފިޔާ ( މަހަކު )

      ޙާޟިރީ ޢިނާޔަތް: 62.00 ރުފިޔާ ( މަސައްކަތަށް ޙާޟިރުވާ ދުވަހަކަށް ) 

   އެހެނިހެން އެލަވަންސް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިޔުޝަން.
  2. ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތައް (01 މޭ 2023 އިސްލާހާއި އެއްގޮތަށް) އިތުރު ގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް. 

މަޤާމުގެ މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް:

  • ހޮސްޕިޓަލުގެ ޕޮލިސީތަކާއި އެއްގޮތައް، ތިއޭޓަރާއި ވޯޑްތަކުން ގެންނަ މެޑިކަލް އިންސްޓްރޫމަންޓްތަކާއި އިކުއިޕްމަންޓްތައް ދޮވެ ސާފްކޮށް ހިއްކުން އަދި ޕެކްކޮށް ލޭބަލް ކުރުން
  • ބޭނުންނުކުރެވޭ މެޑިކަލް އިންސްޓްރޫމަންޓްތަކާއި އިކުއިޕްމަންޓްތައް ބޭނުންކުރެވޭ ތަކެތީގެތެރެއިން ވަކިކުރުން
  • ބޭނުންކުރާ މެޑިކަލް އިންސްޓްރޫމަންޓްތަކާއި އިކުއިޕްމަންޓްތަކުގައި އެއްވެސް މައްސަލައެއް ހުރިތޯބަލައި، މަރާމާތުކުރަންޖެހޭ ހާލަތްތަކުގައި ކަމާބެހޭ މުވައްޒަފުންނާ މަޝްވަރާކުރުމަށްފަހު މަރާމާތުކުރުން
  • މެޑިކަލް އިންސްޓްރޫމަންޓްތަކާއި އިކުއިޕްމަންޓްތައް ރަނގަޅަށް މަސައްކަތްކުރޯތޭ ބެލުން
  • ސީ.އެސް.އެސް.ޑީގެ ހުރިހާ މެޝިންތައް ހިންގާ ޗެކްކޮށް ބެލެހެއްޓުން
  • ސެރަލައިޒޭޝަނަށް ބޭނުންވާ ބަރުތަކެތި (10 ކިލޯއަށް ވުރެ) ލޯޑްކުރުން އަދި ސެރަލައިޒް/އޮޓޮކްލޭވް ކުރުން
  • ބޭނުންކުރާ މެޑިކަލް އިންސްޓްރޫމަންޓްތަކާއި އިކުއިޕްމަންޓްތައް ސާފުކޮށް އޮޓޯކްލޭވް ކުރުމަށްފަހު އެ އެއްޗެއް ގެންދަންޖެހޭ ތަނަކަށް ފޮނުވުން
  • އެން.އޭ.ބީ.އެޗް ގެ ކްއަލިޓީ އިންޑިކޭޓަރއާއި އެއްގޮތަށް ދޮންނަން/ ސާފްކުރަން/ ސެރަލައިޒްކުރަން ގެންނަ މެޑިކަލް އިންސްޓްރޫމަންޓްތަކާއި އިކުއިޕްމަންޓްތަކުގެ ރެޖިސްޓްރީއެއް އެކުލަވާލައި މެއިންޓެއިންކުރުން
  • ސީ.އެސް.އެސް.ޑީ އާ ގުޅުންހުރި ސްޓޭންޑާޑް އޮޕަރޭޓިން ޕްރޮސީޖަރތައް އަޕްޑޭޓްކޮށް ބެލެހެއްޓުން
  • ހޮސްޕިޓަލުގައި ބަލިމީހުންނަށް ފަރުވާދިނުމުގައި ބޭނުންކުރާ ގޯޒް އަދި ސޯބް ހެދުމާއި އެތަކެތި ބަންދުކޮށް އޮޓޯކްލޭވް ކުރުން
  • ސީ.އެސް.އެސް.ޑީ ސާފުކުރަންވާ ޤަވާޢިދުގެ މަތިން ސާފުކޮށް ބެލެހެއްޓުން

 

ކުރިމަތިލުމުގެ ސުންގަޑި: 21 އޮގަސްޓް 2024 ވަނަ ދުވަހު މެންދުރު 14:00 ގެ ކުރިން

މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، ހުޅުމާލެ ހޮސްޕިޓަލުގެ އިދާރީ އޮފީސް (ކޮވެލި ބިލްޑިންގ 4 ވަނަ ފަންގިފިލާ އަށް ( ހުށަހެޅުއްވުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ. ވަޒީފާއަށް އެދޭ  ފޯމް ހުޅުމާލެ ހޮސްޕިޓަލްގެ އިދާރީ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ހޮސްޕިޓަލްގެ ވެބްސައިޓް www.hmh.gov.mv އިން ފޯމް ޑައުންލޯޑް ކުރެވޭނެއެވެ. އީމެއިލް މެދުވެރިކޮށް ފޮނުއްވާ ފޯމުތަކަށް، ފޯމު ބަލައިގަތް ކަމުގެ މެއިލް ފޮނުވާނެއެވެ. މެއިލްއަށް ޖަވާބު ނުލިބޭނަމަ ވަޒީފާގެ އިޢުލާނުގައިވާ އީދާރީ އޮފީސް ނަންބަރަށް ގުޅުއްވުމަށްފަހު ފޯމު ލިބިފައިވޭތޯ ޗެކްކުރައްވަންވާނެއެވެ.

  • ވަޒީފާއަށް އެދޭ ފޯމު
  • ސީވީ
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  • މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން
  • އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން
  • ޕޮލިސް ރިޕޯޓް

 

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް ހުޅުމާލެ ހޮސްޕިޓަލްގެ 3350134 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

13 އޮގަސްޓް 2024