ދިވެހިރާއްޖެ
އިޢުލާން
މި އިދާރާގެ، ތިރީގައިމިވާ މަޤާމުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ އެންމެހައި ފަރާތްތަކަށް މި މަޤާމަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވައިލަމެވެ.
މަޤާމް: ޑްރައިވަރ
މަޤާމުގެ ގިންތި: ދާއިމީ
މަޤާމުގެ ރޭންކް: އެސް. އެސް. 2
ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 2
މަޤާމުގެ ނަންބަރު: 222265
ބޭނުންވާ އަދަދު: 1 (އެކެއް)
އޮފީސް / އިދާރާ: ކެނދިކުޅުދޫ ކައުންސިލް އިދާރާ
މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ތަން: ކެނދިކުޅުދޫ ކައުންސިލް އިދާރާ
ޔުނިޓް: ކޯޕަރޭޓް އެފެއާޒް ޔުނިޓް
މުސާރަ: 3470.00 ރުފިޔާ
ސަރވިސް އެލަވަންސް: 1000.00 ރުފިޔާ
މަޤާމުގެ އަސާސީ ޝަރުޠު:
- ބީ ވަން / ބީ ޓޫ ކެޓަގަރީގެ ވެހިކަލް ދުއްވުމުގެ 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
 - ބީ ވަން / ބީ ޓޫ ކެޓަގަރީގެ ވެހިކަލް ދުއްވުމުގެ ލައިސަންސް ލިބިފައިވުން. ނުވަތަ؛
 - ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރަން އެނގުމާއެކު، މަސައްކަތް ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކުކަމުގައިވުން.
 
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
- މި އިދާރާއިން ހަމަޖައްސާ އުސޫލާ އެއްގޮތަށް ރަސްމީ ގަޑިތަކުގައްޔާއި ނުރަސްމީ ގަޑިތަކުގައި، އިދާރާގެ ވޭން ދުއްވުން.
 - ވޭން ދޮވެ ސާފުކޮށް ބެލެހެއްޓުން.
 - ޓެކްނިކަލްގޮތުން ވޭނަށް ދޭންޖެހޭ ސަރވިސް، ދުވަހުން ދުވަހަށް ދިނުން.
 - ވޭނަށް މަރާމާތެއް ބޭނުންވެއްޖެނަމަ، ހަމަޖެހިފައިވާ އުސޫލުގެމަތީން އަންގަންޖެހޭ ފަރާތްތަކަށް އެންގުން.
 - ވޭނުގެ ޑްރައިވިންގ ލޮގް ބެލެހެއްޓުން.
 - ވޭނުގެ ޚިދުމަތްދިނުމުގައި ކައުންސިލުން ހަދައިފާވާ ޤަވައިދަށް ޢަމަލުކުރުން.
 - އިދާރާއިން ސްކޫލް ދަރިވަރުންނަށްދޭ ބަހުގެ ޚިދުމަތްދިނުމުގައި ބަސް ދުއްވަންޖެހިއްޖެ ޙާލަތެއްގައި ބަހުގެ ޚިދުމަތް ދިނުން.
 - އިދާރާއަށް ގަންނަން ބޭނުންވާ ތަކެތި، ފައިނޭންސް ޔުނިޓުން އަންގާގޮތެއްގެމަތީން ގަނެ، އިދާރާއަށް ގެނައުން.
 - މީގެ އިތުރުން، ކައުންސިލް އިދާރާގެ ރަސްމީ މަސައްކަތްތަކާ ގުޅިގެން ޔުނިޓް ހެޑް އަންގަވާ މަސައްކަތްތައް ކުރުން.
 
ވަޒީފާޔަށް އެއްމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ
 - މަސައްކަތުގެ ހުނަރާއި، ޤާބިލުކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް.
 
އިންޓަވިޔު އޮންނާނެ ވަގުތާއި، ތަން:
މި ވަޒީފާޔަށް އިންޓަވިޔުކުރުން އޮންނާނީ، ކެނދިކުޅުދޫ ކައުންސިލް އިދާރާގައެވެ. އިންޓަވިޔު އޮންނާނެ ތާރީޚާއި ވަގުތު، އިޢުލާނުގެ މުއްދަތު ހަމަވާތާ ގިނަވެގެން 5 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.
އެޕްލިކޭޝަން ފޮނުވަންވީ އެންމެ ފަހުގެ ތާރީޚު:
މި މަޤާމަށް އެދި ހުށަހަޅާ އެޕްލިކޭޝަން ހުށަހަޅާނީ، 2015 ޖޫން 16 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން، ކެނދިކުޅުދޫ ކައުންސިލް އިދާރާއަށެވެ. އެޕްލިކޭޝަން ފޯމް، ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ޑައުންލޯޑްކުރެވެން ހުންނާނެއެވެ. އަދި ކެނދިކުޅުދޫ ކައުންސިލް އިދާރާއިންވެސް އެޕްލިކޭޝަން ފޯމް ލިބެން ހުންނާނެއެވެ.
އުޖޫރައާއި ޢިނާޔަތްތައް:
ސިވިލް ސަރވިސްގެ ޤަވައިދުގައި ހަމަޖެހިފައިވާ އުސޫލުތަކުގެމަތީން އިތުރުގަޑީގެ ފައިސާއާއި، ރަމަޟާންމަހުގެ ޢިނާޔަތާއި، އެހެނިހެން ޢިނާޔަތްތައް ދެވޭނެއެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
- ވަޒީފާޔަށް އެދި ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު ކައުންސިލް އިދާރާއިން)
 - ސިވިލް ސަވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފެއްނަމަ، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
 - ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި، ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް.
 - މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
 - ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭގޮތަށް ނެގިފައިވާ ސާފު ކޮޕީއެއް.
 
އިތުރު މަޢުލޫމާތު:
މި އިޢުލާނާ ގުޅިގެން އިތުރަށް މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން 6560013 ފޯނާ ގުޅުން އެދެމެވެ. ފެކްސް ނަންބަރަކީ 6560013 އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ.
17 ޝަޢުބާން 1436