ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)365-ESD/2024/74
ޕަބްލިޝްކުރި ތާރީޚް: 13 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 10:51
ސުންގަޑި: 13 ފެބުރުވަރީ 2028 00:00
މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މުލީގައި ރަޖިސްޓްރީކޮށްފައިވާ ކުލަބު ޖަމްޢިއްޔާތަކަށް މުލިން ބިން ދޫކުރުމުގެ އުސޫލު އާންމުކުރުން

އިޢުލާން

މުލީގައި ރަޖިސްޓްރީކޮށްފައިވާ ކުލަބު ޖަމްޢިއްޔާތަކަށް މުލިން ބިން ދޫކުރުމުގެ އުސޫލު އާންމުކުރުން

މިރަށުގައި ރަޖިސްޓްރީވެފައިވާ ކުލަބު ޖަމްޢިއްޔާތަކުގެ ބޭނުންތަކަށް މިރަށުން ބިން ދޫކުރުމުގެ މަޤްޞަދުގައި މިކައުންސިލުން އެކުލަވާލާ 04 ޖޫން 2024 ގައި ފާސްކޮށްފައިވާ "މ. މުލީގައި ރަޖިސްޓްރީ ވެފައިވާ ކުލަބު ޖަމްޢިއްޔާ ތަކަށް މ. މުލިން ބިން ދޫކުރުމުގެ އުސޫލު 2024" (އުސޫލު ނަންބަރު: 365-ESD/USL/2024/01) މި އިޢުލާނާއެކު ދިވެހި ސަރުކާރުގެ ގެޒެޓުގައި އާންމު ކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.

ބިން ބޭނުންވާ މުލީގައި ރަޖިސްޓްރީވެފައިވާ ކްލަބް ޖަމްޢިއްޔާތަކުން 19 ސެޕްޓެމްބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މި އިދާރާއަށް ސިޓީހުށަހެޅުއްވުން އެދެމެވެ. އަދި ބިމަށް އެދި ހުށަހަޅުއްވާއިރު ފާސްކުރެވިފައިވާ އުސޫލުގެ 4 ވަނަ މާއްދާގެ ބ. ގެ (10) ގައި "ބިން ދޫކުރުމުގައި ޕޮއިންޓް ދޭނެގޮތުގެ ތަފްސީލު" އަށް ރިއާޔަތްކުރައްވާ އެމާއްދާގައި ބަޔާންކޮށްފައިވާ ލިޔުންތަކާއެކު ހުށަހެޅުއްވުން އެދެމެވެ.

ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

13 އޮގަސްޓް 2024