ދެންނެވުން
ނަންބަރު: (IUL)318-HR/318/2024/50
ޕަބްލިޝްކުރި ތާރީޚް: 12 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 10:51
ސުންގަޑި:
01 ސެޕްޓެންބަރު 2024 23:59
މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކުނި އުކާލުމާއި ކުނި ނައްތާލުމާ ބެހޭ އުޞޫލާއި އެޞޫލުގެ ދަށުން ނަގާ ފީ (ކުނިފީ) އާ ގުޅޭ
ކުނި އުކާލުމާއި ކުނި ނައްތާލުމާ ބެހޭ އުޞޫލުގެ ދަށުން މި އިދާރާއަށް ދައްކަންޖެހޭ ފައިސާ (ކުނި ފީ) ދައްކާފައިނުވާ ފަރާތްތަކުން ސެޕްޓެމްބަރު 1ގެ ނިޔަލަށް އެ ފައިސާ ދައްކާ ނިންމެވުމަށް ދަންނަވަމެވެ. މީގެ އިތުރުން ކުނި އުކާލުމާއި ކުނި ނައްތާލުމުގެ އުޞޫލުގެ ދަށުން ރަޖިސްޓްރީ ނުކޮށް ރަޖިސްޓްރީކޮށްފައިވާ އެހެން ގޭބިސީއަކަށް ކުނި ގެންދާކަންވެސްވަނީ މިއިދާރާއަށް ފާހަގަ ކުރެވިފައެވެ.
ވީމާ، 2024 ސެޕްޓެމްބަރު 1 ވަނަ ދުވަހުގެ ނިޔަލަށް ކުނި ފީ ނުދައްކާ ފަރާތްތަކަށާއި ރަޖިސްޓްރީ ނުކުރާ ފަރާތެއްގެ ކުނި އެއްކޮށްގެން އެ ޚިދުމަތް ހޯއްދަވާ ފަރާތްތަކަށް މި އިދާރާއިން ދެމުން ގެންދާ ކުނި އުކާލުމުގެ ޚިދުމަތް އިތުރު އެންގުމަކާ ނުލާ މެދު ކަނޑާލެވޭނެ ވާހަކަ ދަންނަވަމެވެ.
12 އޮގަސްޓް 2024