ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)304-MS/304/2024/168
ޕަބްލިޝްކުރި ތާރީޚް: 13 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 10:02
މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުމަތީ ކުޅިވަރު ކުޅުން މަނާކުރުމާ ބެހޭ

                                         މަގުމަތީ ކުޅިވަރު ކުޅުން މަނާކުރުމާ ބެހޭ 

ރަށުގެ އެކި ސަރަޙައްދުތަކުގައި، މަގުމަތީގައި ދުއްވާ އުޅަނދުފަހަރަށާއި ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ދަތިވާ ގޮތަށް، ކުޑަކުދިން އެކި ބާވަތުގެ ކުޅިވަރުތައް ކުޅެމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. މިފަދަ ޙަރަކާތްތަކުގެ ސަބަބުން، ދުއްވާ އުޅަނދުފަހަރަށް ހުރަސްއެޅި، ނުރައްކާތެރި ހާދިސާއެއް ހިނގުމާއި، އޭގެ ނަތީޖާއެއްގެ ގޮތުން މީހުންނަށް އަނިޔާވުމަކީ އެކަށީގެންވާ ކަމެކެވެ.

ވުމާއެކު، މިފަދަ ނުރައްކާތެރި ޢަމަލުތައް ހުއްޓުވައި، މުޖުތަމަޢުގެ އެންމެހައި ފަރުދުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި އެއްބާރުލުން ދެއްވުމަށް ރަށުގެ އެންމެހައި ލޮބުވެތި ރައްޔިތުންގެ އަރިހުން އެދެމެވެ.

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެއެވެ.

 

13 އޮގަސްޓް 2024