މަސައްކަތް
ނަންބަރު: GS117/IUL/2015/007
ޕަބްލިޝްކުރި ތާރީޚް: 02 ޖޫން 2015
ޕަބްލިޝްކުރި ގަޑި: 10:15
ސުންގަޑި: 08 ޖޫން 2015 14:00
މަގޫދޫ ސްކޫލް/ނ.މަގޫދޫ
ދިވެހިރާއްޖެ
އިންޓަރނެޓުގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން

އަންދާސީހިސާބު ބޭނުންވެއްޖެ

މި ސްކޫލަށް 31 ޑިސެންބަރު 2015 ގެ ނިޔަލަށް އިންޓަރނެޓުގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރު ( GS117/IUL/2015/005 ) އިޢުލާނަށް އެކަށީގެންވާ އަދަދަކަށް މަޢުލޫމާތު ސާފުކުރަން ވަޑައިގެންފައިނުވާތީ އެއިޢުލާން ބާޠިލުކޮށް، އަލުން އެފުރުޞަތު ހުޅުވާލަމެވެ. ވީމާ، އަމިއްލަ ތަކެތީގައި މިޚިދުމަތް ދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 08 ޖޫން 2015 ވާ ހޯމަ ދުވަހުގެ 14:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 10 ޖޫން 2015 ވާ ބުދަ ދުވަހުގެ 14:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ މި ސްކޫލަށެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ އަދި ގަޑިޖެހިގެން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

02 ޖޫން 2015