ދިވެހިރާއްޖެ
`
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ
މާލެ، ދިވެހިރާއްޖެ
ނަންބަރު: IUL10-F/10/2024/80
އިޢުލާން
މި މިނިސްޓްރީ ހިންގަމުންގެންދާ ވެލާނާގެ 10 (ދިހައެއް) ވަނަ ފަންގެފިލާގެ ބީ ވިންގުގައި ހުރި އެއަރކޯންތަށް ކޮންމެ 3 މަހުން 1 މަހު (1) އަހަރު ދުވަހަށް ސަރވިސްކުރުމާ ގުޅޭ؛
މި މިނިސްޓްރީ ހިގަމުން ގެންދާ ވެލާނާގެ 10 (ދިހައެއް) ވަނަ ފަންގެފިލާގެ ބީ. ވިންގުގަ ހަރުކޮށްފައިވާ އެއަރ ކޯންތައް ސަރވިސްކޮށްދޭ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މި މިމަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މި އިޢުލާނާ އެއްފަތްކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތުގެ އިތުރުން، އިތުރު އެއްވެސް މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މި މިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected]އަށް 2024 އޮގަސްޓް 14 ވަނަ ދުވަހުގެ 12:00 ގެ ކުރިން މެއިލް ކުރެއްވުންއެދެމެވެ. އަދި 2024 އޮގަސްޓް 18 ވަނަ ދުވަހުގެ 11:00އަށް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރީޓީ އެންޑް ޓެކްނޮލޮޖީ / ވެލާނާގެ 10 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.