ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)147-AIT/1/2015/05
ޕަބްލިޝްކުރި ތާރީޚް: 01 ޖޫން 2015
ޕަބްލިޝްކުރި ގަޑި: 10:13
ސުންގަޑި: 11 ޖޫން 2015 14:00
ޖުވެނައިލް ކޯޓް
ދިވެހިރާއްޖެ
ކޯޓް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ކޯޓުއޮފިސަރ

މަޤާމް:

 ޖީ. އެސް. 3

މަޤާމުގެ ރޭންކް:

1 (އެކެއް)

ބޭނުންވާ އަދަދު:

މަހަކު -/4،465 ރުފިޔާ

މުސާރަ:

މަހަކު -/1،500 ރުފިޔާ

ސަރވިސް އެލަވަންސް:

ޖުވެނައިލް ކޯޓު، މާލެ މަސައްކަތް ކުރަންޖެހޭ ތަން:
ޝަރީޢަތްތަކާބެހޭ ސެކްޝަން (Jv-B1) ސެކްޝަން:

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު؛

1. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ފާސް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން. ނުވަތަ؛

2. މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، 2 GS ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ އަސާސީ ޝަރުޠު:

- ކޮމްޕިއުޓަރަށް އަހުލުވެރި ފަރާތަކަށްވުމާއި، ކޮމްޕިއުޓަރުން ޓައިޕްކުރުމަށް ފަރިތަ ފަރާތަކަށްވުން.

- ގިނައިރު މަސައްކަތުގައި ވަގުތު ހޭދަކުރެވޭ، ގަވައިދުން ވަޒީފާއަށް ހާޒިރުވެވޭފަދަ ޞިއްޙަތު ރަނގަޅު ފަރާތަކަށްވުން.

އެހެނިހެން ޝަރުޠު:

ޝަރީޢަތްތައް ކުރިއަށްދާއިރު، ޝަރީޢަތުގެ މަޖިލީހުގެ ކަންތައްތައް ބެލެހެއްޓުމާއި، ޝަރީޢަތްތަކާ ގުޅޭގޮތުން ކުރަންޖެހޭ އިދާރީ މަސައްކަތްކުރުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

މި މަޤާމަށް ހޮވޭފަރާތަކަށް:

- ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މަހަކު، މުސާރައިގެ % 40 ލިބޭނެ.

- ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު -/2700 ރުފިޔާ ލިބޭނެ.

- އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ.

އުޖޫރައާއި ޢިނާޔަތްތައް:

މި  މަޤާމަށް  އެދޭ  ފަރާތްތަކުން  ވަޒީފާއަށް  އެދޭފޯމު  ފުރިހަމަކުރުމަށްފަހު،  ހުށަހެޅުމަށް  އެ  ފޯމުގައި ބަޔާންކޮށްފައިވާ ތަކެއްޗާއެކު، މި ކޯޓަށް (މ. މާތިލައިގައި ހުންނަ) ފޯމު ހުށަހެޅުން އެދެމެވެ.

ހުށަހަޅަންޖެހޭ  ލިޔުންތައް:

11 ޖޫން 2015 ދުވަހުގެ 14:00  

ސުންގަޑި:

- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިއު.އޭ) އިން އެކްރިޑެޓް ކޮށްފައިވާ ސެޓިފިކެޓެއް ހުށަހަޅާނަމަ، ސެޓިފިކެޓާއެކު ޓްރާންސްކްރިޕްޓް ހުށަހަޅަންވާނެއެވެ.

- ވަޒީފާއަށް ކުރިމަތިލާ ފަރާތުން އަދާކުރި ނުވަތަ އަދާކުރަމުންދާ ވަޒީފާގެ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުން ހުށަހަޅާނަމަ، މަޤާމުގައިވީ ދުވަހާއި، މަޤާމުގެ ނަމާއި، ރޭންކާއި، އަދާކުރާ މަސްއޫލިއްޔަތު ބަޔާންކޮށްފައި އޮންނަންވާނެއެވެ.

- އިޢުލާނުގައިވާ ސުންގަޑި ހަމަވުމުގެ ކުރިން، ފެކުހުން ނުވަތަ އީމެއިލުން ހުށަހަޅާ ފޯމާއި ލިޔުންތައް ބަލައިގަނެވޭނެއެވެ.

- ވަޒީފާއަށްއެދޭ ފޯމު މި ކޯޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކޯޓުގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. މި ކޯޓުގެ ވެބްސައިޓް އެޑްރެހަކީ http://www.juvenilecourt.gov.mv އެވެ.

އިތުރު މަޢުލޫމާތު:

14 ޝަޢުބާން 1436

01 ޖޫން 2015