ދިވެހިރާއްޖެ
އިޢުލާން
މާފަރި ކައުންސިލް އިދާރާގެ ބްރޭންޑިންގ ޕެކް ޑިޒައިން ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ
ނ. މާފަރު ކައުންސިލުގެ ބްރޭންޑިނގ ޕެކް ޑިޒައިންގ ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެކަމަށް އެދި އަންދާސީ ހިސާބު ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ.
# |
ތަފްޞީލް |
ތާރީޚާއި ގަޑި |
1 |
އަންދާސީ ހިސާބު ރަޖިސްޓްރީވުމުގެ ސުންގަޑި |
27 އޮގަސްޓް 2024، 13:00 |
2 |
އަންދާސީ ހިސާބު ހުށަހެޅުން |
08 ސެޕްޓެންބަރު 2024، 13:00 |
ވީމާ، މިކަމަށް ޝަޢުގުވެރިވާ ފަރާތްތަކުން އިޢުލާނާއެކު ދީފައިވާ މަޢުލޫމާތާއި އެއްގޮތަށް 27 އޮގަސްޓް 2024 ވާ އަންގާރަ ދުވަހު 13:00 ގެ ކުރިން ރެޖިސްޓްރީ ފޯމް ހުށަހެޅުއްވުމަށްފަހު ، އަންދާސީ ހިސާބު ފުރިހަމަ ކުރައްވައި 08 ސެޕްޓެންބަރު 2024 ވާ އާދިއްތަ ދުވަހުގެ 13:00 އަށް މި އިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މި މަސައްކަތާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު އޮޅުންފިލުވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ލިޔުމުން މި ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. މި މަސައްކަތާއި ގުޅޭ އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރައްވާނީ 27 އޮގަސްޓް 2024 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން، [email protected] މިއީމެއިލް އެޑުރެހަށެވެ.
ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢްލާން ކުރީމެވެ.
8 ޞަފަރު 1446