ދިވެހިރާއްޖެ
ޑްރައިވިންގ ލައިސަންސް ދޫކުރުމުގެ އަމަލީ އިމްތިހާނު ދިނުމަށް، މިކައުންސިލުންދޭ މައުލޫމާތާއި އެއްގޮތަށް، އަމިއްލަ ތަކެތީގައި ޑްރައިވިންގ ޓްރެކްގެ ތަޅުން އަޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް ތިރީގައި ދެންނެވިފައިވާ ގަޑިތަކުގައި މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ހުށަހެޅުން މިކައުންސިލްގެ ކޮންފަރެންސް ރޫމްގައި އޮންނާނެއެވެ.
މަޢުލޫމާތު ދިނުން |
އަންދާސީ ހިސާބު ހުށަހެޅުން |
15 އޮގަސްޓް 2024 (ބުރާސްފަތި) / ގަޑި 13:15 |
19 އޮގަސްޓް 2024 (ހޯމަ) / ގަޑި 13:30 |
އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާ ނަމަ ސިޓީއަކާއިއެކު ހުށަހެޅުއްވުމަށް ވެސް ދެންނެވީމެވެ. އަންދާސީ ހިސާބު ހުށައަޅާނީ ސިޓީއުރައެއްގައި ބަންދު ކުރުމަށް ފަހުގައެވެ. ސިޓީއުރައިގެ ބޭރުގައި އަންދާސީ ހިސާބު ހުށައަޅާ މަސައްކަތުގެ ނަމާއި ހުށައަޅާ ފަރާތުގެ ނަން އޮންނަންވާނެއެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށް ޓަކައި އިޢުލާން ކުރީމެވެ.