ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)255/255/2024/34
ޕަބްލިޝްކުރި ތާރީޚް: 12 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 14:19
ސުންގަޑި: 18 އޮގަސްޓް 2024 14:00
ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރު ދެ ހަޓާއި، ސްކޫލުގެ އިރުމަތީ ޕާރކްހަޓް އަދި ރަސްމީ ފާލަން ސާފުކޮށް ދަވާދު ލައިދޭނެ ފަރާތެއް ހޯދުން

ބަނދަރު ދެ ހަޓާއި، ސްކޫލުގެ އިރުމަތީ ޕާރކްހަޓް އަދި ރަސްމީ ފާލަން ސާފުކޮށް ދަވާދު ލައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

          ވީމާ، މިއިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް އަންދާސީ ހިސާބު ފޯމު ފުރިހަމަ ކުރެއްވުމަށްފަހު މިކަމަށް ޝަޢުޤްވެރިވެލައްވާ ފަރާތްތަކުން  18 އޮގަސްޓް 2024 ވާ އާދިއްތަ ދުވަހު 14:00 ގައި އިދާރާއަށް ހުށަހަޅައިދެއްވުން އެދެމެވެ.

          އަންދާސީ ހިސާބު ފޯމާއި، މަޢުލޫމާތު ކަރުދާސް ކޮންމެ ރަސްމީ ދުވަހެއްގެ 9:00 ން 14:00 އަށް މިކައުންސިލު އިދާރާއިން ލިބެން ހުންނާނެއެވެ.

          ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

12 އޮގަސްޓް 2024