ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މިއީ، މި ކޯޓަށް އެޑްމިނިސްޓްރޭޓިވް އޮފިސަރަކު ހޯދުމަށްޓަކައި ކުރެވުނު މި ކޯޓުގެ ނަންބަރު 06/2015/(IUL)P2C) އިޢުލާން ބާޠިލްކުރުމަށްފަހު، އެ މަޤާމަށް މީހަކު ހޯދުމަށްޓަކައި އަލުން ކޮށްފައިވާ އިޢުލާނެކެވެ.
މަޤާމް: |
އެޑްމިނިސްޓްރޭޓިވް އޮފިސަރ |
|
މަޤާމުގެ ގިންތި: | ދާއިމީ | |
މަޤާމުގެ ރޭންކް: | ޖީ. އެސް. 3 | |
މަޤާމުގެ ކްލެސިފިކޭޝަން: | އޮފިސަރ ގްރޭޑް 1 | |
ބޭނުންވާ އަދަދު: | 1 (އެކެއް) | |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓް |
|
މަޤާމުގެ އަސާސީ މުސާރަ: |
މަހަކު -/4465 ރުފިޔާ (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ) |
|
ސަރވިސް އެލަވަންސް: |
މަހަކު -/1500 ރުފިޔާ (ފަނަރަސަތޭކަ ރުފިޔާ) |
|
ލިވިންގ އެލަވަންސް: |
މަހަކު -/2550 (ދެހާސް ފަސްސަތޭކަ ފަންސާސް ރުފިޔާ) |
|
ޖުޑީޝަލް އެލަވަންސް: |
އަސާސީ މުސާރައިގެ %35 |
|
އިތުރުގަޑީގެ ފައިސާ: |
އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. |
|
މަޤާމުގެ ޝަރުޠު: |
1. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލްކަން ސާބިތުކޮށްދިނުމާއި، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ؛ 2. މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުން ދިޔުމާއެކު، ޖީ. އެސް. 2 ގެ ރޭންކުގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. |
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
ވަޒީފާއަށް އެންމެ ޤާބިލް ފަރާތް ހޮވުމަށްޓަކައި، ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނަށާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށާއި، ޤާބިލްކަން ކަށަވަރުކުރުމަށްޓަކައި އިންޓަވިއު ކުރެވޭނެއެވެ. އަދި ވަޒީފާއަށް ބޭނުންވާ ހުނަރަށް މީހާ ޤާބިލުވެފައިވާ މިންވަރު ބެލުމަށް ޢަމަލީ އިމްތިޙާނެއް ދެވޭނެއެވެ. |
|
މަޤާމުގެ މައިގަނޑު މަސައްކަތް: |
ކޯޓުގެ ޝަރުޢީ އެންމެހައި މަސައްކަތާއި، އިދާރީ އެންމެހައި މަސައްކަތް. |
|
ހުށަހަޅަންޖެހޭ ތަކެތި: |
|
|
ކުރިމަތިލުމުގެ މުއްދަތާއި ކުރިމަތިލާނެ ގޮތް: |
މި މަޤާމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން، މަތީގައިވާ ލިޔުންތައް، 2015 ޖޫން 11 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން، މި ކޯޓަށް ހުށަހެޅުން އެދެމެވެ. |
17 ޝަޢުބާން 1436