ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)30-D/30/2013/31
ޕަބްލިޝްކުރި ތާރީޚް: 23 ޖޫން 2013
ޕަބްލިޝްކުރި ގަޑި: 12:20
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ބޮޑު ކަންނެލީގެ މަސްވެރިކަންކުރުމާއި ބޮޑު ކަންނެލި ރާއްޖެއިން އެކްސްޕޯޓްކުރުމާބެހޭ ޤަވާޢިދުގެ ދަށުން ބޮޑު ކަންނެލީގެ މަސްވެރިކަމުގައި ޙަރަކާތްތެރިވާ އުޅަނދުފަހަރުގައި ވެސަލް ލޮކޭޓިންގ ޑިވައިސް ހަރުކުރުމަށް އެންގުން

ބޮޑު ކަންނެލީގެ މަސްވެރިކަން ކުރުމާއި ބޮޑު ކަންނެލި ރާއްޖެއިން އެކްސްޕޯޓް ކުރުމާބެހޭ ޤަވާޢިދުގެ 10 ވަނަ މާއްދާގެ ދަށުން ބޮޑު ކަންނެލީގެ މަސްވެރިކަން ކުރުމަށް ލައިސަންސް ލިބިފައިވާ ކޮންމެ އުޅަނދެއްގައި މިނިސްޓްރީން ކަނޑައަޅާ މިންގަޑުތަކަށް ފެތޭ "ވެސަލް މޮނިޓަރިންގ ސިސްޓަމް" އެއް ޤާޢިމުކޮށްފައި ބަހައްޓަން ލާޒިމުކުރެއެވެ. ވީމާ، މިޤަވާޢިދު ދަށުން ބޮޑު ކަންނެލީގެ މަސްވެރިކަމުގައި ޙަރަކާތްތެރިވާ އުޅަނދު ފަހަރުގެ ލައިސަންސް 01 ޑިސެމްބަރ 2013 ގެ ފަހުން އައުކޮށްދެވޭނީ ނުވަތަ ދޫކުރެވޭނީ މި މިނިސްޓްރީން ކަނޑައަޅާ މިންގަނޑުތަކަށް ފެތޭ ވެސަލް ލޮކޭޓިންގ ޑިވައިސް ހަރުކޮށްފައިވާ އުޅަނދުފަހަރަށް ކަމުގައާއި އަދި 1 ޖެނުއަރީ 2013 ގެ ފަހުން ބޮޑު ކަންނެލީގެ މަސްވެރިކަމުގައި ޙަރަކާތްތެރިވާ ހުރިހާ އުޅަނދުފަހުރުގައި އިސްވެ ދެންނެވުނު ޔުނިޓް ހަރުކޮށްގެން ނޫނީ ޙަރަކާތްތެރި ނުވެވޭނެ ކަމުގައި ޢާންމުކޮށް އަންގާ އިޢުލާނު ކުރަމެވެ.

 

14 ޝަޢުބާން 1434

23 ޖޫން 2013