ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL) D8-HC/2024/1
ޕަބްލިޝްކުރި ތާރީޚް: 12 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 11:48
ސުންގަޑި: 18 އޮގަސްޓް 2024 12:00
މިލަދުންމަޑުލު ދެކުނުބުރީ މާފަރު ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
އެސިސްޓެންޓް ކަސްޓަމަރ ސަރވިސް އޮފިސަރ

މަޤާމު:

އެސިސްޓެންޓް ކަސްޓަމަރ ސަރވިސް އޮފިސަރ

މަޤާމުގެ ނަންބަރު:

J-350004

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޖީ.އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ނ. މާފަރު ޞިއްޙީމަރުކަޒު، ނ. މާފަރު

މުސާރަ:

4465.00 (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސްފަސް ރުފިޔާ)

ސަރވިސް އެލަވަންސް:

1500.00 ( ފަނަރަ ސަތޭކަ ރުފިޔާ)

އެހެނިހެން އެލަވަންސް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ އާއި ޝިފްޓް އެލަވަންސް.
  4. ސިވިލް ސަރވިސްގެ ޤަވާއިދުގައިވާ ގޮތުގެ މަތިން މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް ރިސްކް އެލަވަންސް -/75 ރުފިޔާ (މަސައްކަތަށް ހާޟިރުވާ ދުވަހަކަށް).
  5. ސަޕޯޓިންގ ކޯ އެލަވަންސް  ގެ ގޮތުގައި މަހަކު -/700 ރުފިޔާ.
  6. ހެލްތު އެލަވަންސްގެ ގޮތުގައި މުސާރައިގެ %35.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ހިދުމަތް ހޯދަން އަންނަ ފަރާތްތަކާއި ރީތި ބަހުން މުއާމަލާތްކުރުން.
  2. ފުރިހަމަ ކުރަންޖެހޭ ލިޔުންތައް ފުރިހަމަކުރުމާއި އެޗް.އައި.އެސް އަށް ބަލިމީހާ ރެޖިސްޓަރކޮށް މެމޯ ތައްޔާރު ކުރުން.
  3. ހިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ދެވޭ ހިދުމަތުން އެއްވެސް ފައިސާ އެއް ނަގަން ޖޭހޭނަމަ ފައިސާ ނަގާ ރަސީދު ތައްޔާރުކުރުން.
  4. ޑޮކުޓަރަށް ދެއްކުމަށް އަންނަ ބަލިމީހުންނަށް އަޅާލުމާއި އެހީތެރިކަމާއެކު ބަލިމީހުންނަށް އެއްވެސް އޮޅުމެއް ނާރާނެގޮތަށް، ސާފުވާގޮތަށް ޑޮކުޓަރުގެ ވާހަކަތައް އޮޅުން ފިލުވައިދިނުން.
  5. އާސަންދަ، އެޗް.އައި.އެސް އަދި އެހެނިހެން ހެލްތު އިންޝުއަރެންސްގެ މެމޯތައް ދުވަހުން ދުވަހަށް އެންޓަރކުރުން.
  6. ކައުންޓަރަށް އަންނަ ފޯނުކޯލްތަކަށް އިޙްތިރާމާއިއެކު ޖަވާބުދާރީވުމާއި، ބޭނުންވާ މަޢުލޫމާތެއް ރަގަޅަށް ސާފުކޮށްދިނުން އަދި ގުޅޭ ސެކްޝަންތަކަށް ކޯލް ޕާސްކުރުން.
  7. ލިބޭ އާންމުދަނީ ފައިސާ ދުވަހުން ދުވަހަށް ސިއްހީމަރުކަޒުގެ އޮފީހާއި ހަވާލުކުރުން.
  8. ސިއްހީމަރުކަޒަށް ޒިޔާރަތްކުރާ ސްޕެޝަލިޓީ މެޑިކަލް ޓީމްތަކާއި އެކު  މެޑިކަލް ކޭމްޕްގައި މަސައްކަތް ކުރަންޖެހިއްޖެނަމަ އެފަދަ ޓީމުތަކާއިއެކު މަސައްކަތް ކުރުން.
  9. ކޮންސަލްޓިން ރޫމްތަކުގައި ބޭނުންކުރަންޖެހޭ ލިޔެކިއުމުގެ ސާމާނާއި ކޮންޒިއުމަބުލް، އިންސްޓުރުމަންޓްސް ފަދަ ތަކެތި ހޯދާ އެގްޒަމިނޭޝަން ކިޓްތައް ހަމަކޮށް ތަރުތީބުކުރުން.
  10. ކުއްލި ހާލަތްތައް ދިމާވެގެންނާއި އަދި އެހެނިހެން ކަންތައްތަކުގައި ޑޮކުޓަރ ބަލިމީހުން ބެއްލެވުން މެދުކެޑޭނަމަ،ޑޮކްޓަރަށް ދެއްކުމަށް ކިޔޫގައި ތިއްބަވާ ފަރާތްތަކަށް އެކަމުގެ މަޢުލޫމާތުދީ އޮޅުން ނާރާނެގޮތަކަށް އިންތިޒާމް ކުރުން.
  11. ބަލިމީހާއާއި ޑޮކުޓަރާއި ދެމެދު ދެކެވޭ ވާހަކަތަކުގެ ސިއްރު ހިފެހެއްޓުން، ކަމާއި ނުބެހޭ އެއްވެސް ފަރާތަކާއި އެފަދަވާހަކަތައް ހިއްސާނުކުރުން.
  12. ބަލިމީހުންނަށް ޑޮކްޓަރ ދޫކުރާ (ރެފަރަލް ފޯރމާއި، މެޑިކަލް ސަރޓިފިކެޓް، މެޑިކަލް ރިޕޯޓް ފަދަ ލިއުންތައް) ލިއުމެއްގައި ފުރިހަމަކުރަންޖެހޭ ހުރިހާ މަޢުލޫމާތެއް ރަގަޅަށް ފުރިހަމަކުރުން.
  13. ސިއްހީމަރުކަޒުން ހިންގާ ހެލްތު ޕުރޮމޯޝަނަލް އެކްޓިވިޓީ ތަކުގައި އަމަލީގޮތުން ބައިވެރިވުމާއި މުވައްޒިފުންގެ މެދުގައި ހިންގޭ އެކިއެކި ހަރަކާތްތަކުގައި އިސްނެގުމާއި ބައިވެރިވުން.
  14. މަސައްކަތްކުރުމުގައި ސަލާމަތާއި ރައްކާތެރިކަމަށް ކަޑައެޅިފައި ހުންނަ ގަވައިދުތަކާއި އިރުޝާދުތައް ދަނެ އެއާއި އެއްގޮތަށް ޢަމަލްކުރުން.
  15. ސިއްހީމަރުކަޒުން ޚިދުމަތް ދެވެން ނެތިގެން / ޙާލު ބޮޑުވެގެން އެހެން ހޮސްޕިޓަލަކަށް ޑޮކްޓަރު ބަލިމީހަކު ރިފަރ ކުރައްވައިފިނަމަ އެކަމާއި ގުޅިގެން ކުރަންޖެހޭ އެންމެހާ ކަންތައް ކުރުމުގައި އެހީތެރިވެދިނުން.
  16. އެމްބިއުލެންސުގެ ޚިދުމަތް އެދޭ ފަރާތްތަކަށް އެޚިދްމަތަށް މަގުފަހިކޮށްދިނުމާއިއެކު، ލަސްނުކޮށް ޚިދުމަތް ލިބޭނެގޮތް ހަމަޖެއްސުމާއިއެކު ބޭނުންވާ މަޢުލޫމާތު ސާފުކޮށްދިނުން، އެމްބިއުލެންސުގެ ދަތުރުތައް ޤަވާޢިދުން ނޯޓް ކުރުން.
  17. މަތީގައިވާ ކަންތައްތަކުގެ އިތުރުންވެސް ސިއްހީމަރުކަޒުގެ މަސައްކަތްތަކާއި ގުޅޭގޮތުން  އަންގާ ކަންތައްތައް ކުރުމާއި ސިއްހީމަރުކަޒުން ރާވާ ހިންގާ ހަރަކާތްތަކުގައި ބައިވެރިވުން.
  18. ސިއްހީ އެމަރޖެންސީތަކާ، ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވުން.
  19. ކައުންޓަރުގައި މަސައްކަތް ކުރައްވާ މުވައްޒަފަކު ސަލާމް ބުނެ އަދި ތަނަށް ދަތިވެއްޖެ ޙާލަތެއްގައި ތަނުން ޙަވާލުކުރެވޭ މަސައްކަތްތައް ކުރުން.
  20. ބަލިމީހާގެބަލީގެ ތަފްޞީލް ޕޭޝަންޓް ރެކޯޑްޝީޓްގައި ޑޮކްޓަރުގެ ލަފާގެމަތިން ލިޔަމުންގެންދިއުން
  21. ހޯމް ވިސިޓް ގައި ބައިވެރިވުން.

މަޤާމުގެ ޝަރުޠު:

 

 

 

 

 

 

  1. ސާނަވީ ނުވަތަ އެއާ އެއްފަންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދައްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މި މާއްދާއިން ދައްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ނުވަތަ

  1. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާސިލްކޮށްފައިވުމާއެކު 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ގުޅޭ ވަޒީފާގެދާއިރާތައް:

  • އެޑްމިނިސްޓްރޭޝަން
  • މެނޭޖްމެންޓް
  • ކަސްޓަމަރ ސަރވިސް

ތަޢުލީމީ ރޮނގުތައް:

ތަޢުލީމީ ރޮނގުތައް: ނެތް

މަޤާމުގެ ޕްރިފަރޑް ޑިސިޕްލިން: ނެތް

މަޤާމުގެ ކޯ ޑިސިޕްލިން:  ނެތް 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".   

 

ވަޒީފާ އަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

އަސާސީ ޝަރުޠު ހަމަވުން

30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

25

އިންޓަރވިއު

35

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމް މާފަރު ސިއްހީމަރުކަޒު އޮފީހުން ލިބެން ހުންނާނެއެވެ.   މަޤާމަށް އެދި ހުށަހަޅަންހޭ ލިޔުންތައް ހުށަހަޅާނީ 18 އޮގަސްޓް 2024 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މާފަރު ސިއްހީމަރުކަޒު އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.  ( އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅާފަރާތްތަކުން އީމެއިލް މަރުކަޒަށް ލިބުނުކަން ޔަގީންކުރެއްވުން އެދެމެވެ. )  އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަން ޖެއްސެވުމަށް ދަންނަވަމެވެ.

ޝޯޓްލިސްޓުކުރުން:

 

މިވަޒީފާއަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމާށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު  އަދި ޕްރެކްޓިކަލް/އިމްތިހާން އޮންނާނީ 20 އޮގަސްޓް 2024 ން 29 އޮގަސްޓް 2024 އާއި ދެމެދު މާފަރު ސިއްހީމަރުކަޒު ގައެވެ. ވުމާއެކު ، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން މި މުއްދަތުގައި އިންޓަރވިއު އަދި ޕްރެކްޓިކަލް/އިމްތިހާން ޙާޟިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން:

އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި " ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް  A2 ފޯމު  ޢާއްމުކޮށް ފެންނާނެހެން މި މަރުކަޒުގައި އަދި ގެޒެޓްގައި ޢާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު ޢާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް [email protected] އަށް ހުށައަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ މި މަރުކަޒުގެ ނަންބަރު 6560603 އަށެވެ. އީ-މެއިލް ކުރައްވާނީ  [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެއުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓްގެ އުސޫލުތަކުގެ "ރެކްރޫޓްމެންޓް އުޞޫލު" https://www.csc.gov.mv/Policy/Index/51 އިން ލިބެން ހުންނާނެއެވެ

 

12 އޮގަސްޓް 2024