ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)240-PMD-240-2024-57
ޕަބްލިޝްކުރި ތާރީޚް: 12 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 11:29
ސުންގަޑި: 12 ސެޕްޓެންބަރު 2024 13:00
ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލާމަސީލުލާމު އަތޮޅު ވޮލީ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލުން

ހައްދުންމަތީ އަތޮޅު ކައުންސިލުން އިންތިޒާމު ކޮށްގެން 2024 ސެޕްޓެމްބަރ 29 ން އޮކްޓޯބަރ 07 އަށް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ލާމަސީލު ލާމު އަތޮޅު ވޮލީމުބާރާތުގެ އަންހެން ޑިވިޜަނާއި، ފިރިހެން ޑިވިޜަނުގައި ބައިވެރި ވުމުގެ ފުރުސަތު ލ. އަތޮޅުގެ ކުލަބު ޖަމްޢިއްޔާތަކާއި، ސަރުކާރުގެ އޮފީސްތަކާއި، ކުންފުނިތަކާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް ވަނީ ހުޅުވާލެވިފައެވެ.

 ވީމާ، މިމުބާރާތުގައި ބައިވެރިވުމަށް ސައުޤުވެރިވާ ފަރާތްތަކުން 2024 ސެޕްޓެމްބަރު 12 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަކަ ކުރުމަށްފަހު [email protected] އަށް ފޮނުއްވުން އެދެމެވެ. ޓީމް ލިސްޓް ހުށަހަޅަންޖެހޭ އެންމެ ފަހު ތާރީޚަކީ 22 ސެޕްޓެމްބަރު ވާ އާދީއްތަ ދުވަހުގެ 13:00 ކަމުގައި ދެންނެވީމެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި، ޓީމްލިސްޓް ހުށަހަޅާ ފޯމް އަދި މުބާރާތުގެ ޤަވާޢިދު މިއިދާރާގެ ވެބްސައިޓް laamu.gov.mv އިން ލިބެން ހުންނާނެ ވާހަކަ ދެންނެވީމެވެ.

12 އޮގަސްޓް 2024