މަސައްކަތް
ނަންބަރު: IUL334/334/2015/49
ޕަބްލިޝްކުރި ތާރީޚް: 04 ޖޫން 2015
ޕަބްލިޝްކުރި ގަޑި: 10:09
ސުންގަޑި: 15 ޖޫން 2015 13:30
މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކަރަންޓް މައިކޭބަލްގެ 2 ފީޑަރ ލޯޑް ކަލްކިއުލޭޝަން ހަދައިދޭނެ ފަރާތެއް ހޯދަން

ކ.ހުރާ ރައްޔިތުންގެ އިންޖީނުގޭގައި މިހާރު ބޭނުންކުރަމުންދާ ކަރަންޓް މައިކޭބަލްގެ 2 ފީޑަރ ލޯޑް ކަލްކިއުލޭޝަން ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މި ރަށު ރައްޔިތުންގެ އިންޖީނުގޭގައި މިހާރު ބޭނުންކުރަމުންދާ ކަރަންޓް ކޭބަލް ލޯޑު ބޮޑުވެ މައްސަލަތަކެއް ދިމާވަމުންދާތީ، މި ފީޑަރ ބޮޑުކުރުމަށް މެއިންކޭބަލްގެ ދެ ފީޑަރގެ ލޯޑް ކަލްކިއުލޭޝަން ހަދައި ފީސިބަލް ރިޕޯޓް ހަދައިދޭނެ ކޮންސަލްޓެންޓެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި ނަންބަރު 799301 / 6640074 ފޯނާ ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 15 ޖޫން 2015 ވަނަ ދުވަހުގެ 13:30 ގެ ކުރިން މިއިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ފެކްސްއާއި މެއިލްގެ ޒަރީޢާއިންވެސް އަންދާސީހިސާބު ހުށަހެޅުއްވިދާނެއެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

17 ޝަޢުބާން 1436

04 ޖޫން 2015