މުބާރާތް
ނަންބަރު: (IUL)226-A/226/2024/23
ޕަބްލިޝްކުރި ތާރީޚް: 12 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 10:29
ސުންގަޑި: 22 އޮގަސްޓް 2024 12:00
ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިލަދެކުނު އަންހެނުންގެ ފުޓްސަލް މުބާރާތް 2024 ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

މި ކައުންސިލުން މި އަތޮޅުގެ އަންހެން ހުޅުވާލައިގެން ބާއްވާ " ތިލަދެކުނު ފުޓްސަލް މުބާރާތް 2024" އަންނަ ސެޕްޓެންބަރު މަހުގެ 27 ވަނަ ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށީ ސްޓޭޑިއަމްގެ ފުޓްސަލް ދަނޑުގައެވެ.

މި މުބާރާތަކީ މިއަތޮޅުގެ އަންހެން ކަނބަލުންގެ މެދުގައި ފުޓްސަލްގެ ރޫޙު އާލާކޮށް ދިރުވުމަށާއި ފުޓްސަލްއަށް ޝައުޤުވެރިކަން ހުންނަ ކުޅުންތެރިންނަށާއި ޓީމުތަކަށް އެ ފުރުޞަތު ހޯދައިދިނުމަށާއި ހދ. އަތޮޅުގެ ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަން ދެމެހެއްޓުމުގެ މަޤްޞަދުގައި ބާއްވާ މުބާރާތެކެވެ.

 މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، ބައިވެރިވުމަށް އެދޭ ފޯމް ލިންކް: https://haadhaal.gov.mv/futsal2024 މެދުވެރިކޮށް އޮންލައިންކޮށް 22 އޯގަސްޓް 2024 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ހުށައެޅުއްވުން އެދެމެވެ.

މި މުބާރާތުގެ ޤަވާއިދު މި އިޢުލާނާއި އެކު ޢާންމު ކުރެވިފައިވާނެއެވެ. މުބާރާތާބެހޭ އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި ގުޅުއްވާނީ 6521702 އަށެވެ.

12 އޮގަސްޓް 2024