މަސައްކަތް
ނަންބަރު: (IUL)308/2024/39
ޕަބްލިޝްކުރި ތާރީޚް: 11 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 14:14
ސުންގަޑި: 19 އޮގަސްޓް 2024 13:00
މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމު ލައިސަންސް ޓްރެކްއެޅުން

ޕްރޮޖެކްޓް ނަންބަރު PC/308/2024/10

ކުރީގެ ބަށިކޯޓް އޮތް ސަރަޙައްދު ސާފުކޮށް މިދަންނަވާ މަޢުލޫމާތާއި އެއްގޮތަށް އެއްގަމު ލައިސަންސް ޓްރެކްއަޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

މަސައްކަތާއިގުޅޭ މަޢުލޫމާތު

  1. ބަށިކޯޓް ސަރަޙައްދުގައި ހުރި ފައިބަރު ޑިންގީތަކާއި ހަލްތައް ލެމަން ތެޔޮޝެޑާއި ދިމާ ހުޅަނގު ހޭޅިފަށަށް ބަދަލުކުރުން.
  2. ބަށިކޯޓްގެ ފެންސްގެ ހޮޅިތައް ކޮންކްރިޓް ބުޑާއި ހަމައިން ބުރިކޮށް ނަގައި ކައުންސިލުން އަންގާ ތަނަކަށް ޖަމާކުރުން.
  3. ބިން ސާފުކޮށް ކުނި އުކާލުމާއި ބިންގަނޑު ލެވަލްކުރުމާއި ކޮމްޕެކްޓްކުރުން.
  4. ތަޅުންއެޅުމުގެ ކުރިން ތަޅުން އަޅާ ބޮޑުމިނުގައި ސެލޯފިން އެޅުން.
  5. ތަޅުމުގެ ދިގުމިން ހަމަހަމަކޮށް 3 (ތިނެއް) ބަޔަށް ބަހާލުމާއިއެކު ފުޅާމިން 2 (ދޭއް) ބަޔަށް ހަމަހަމަޔަށް ބަހާލަންވާނެއެވެ.
  6. ތަޅުމުގެ ބޯމިނުގައި 3 (ތިނެއް) އިންޗި ހުންނަންވާނެއެވެ.
  7. ތަޅުން އަޅާނީ ޖަދުވަލު 1 ގައިވާ ގޮތަށް ބައިބަޔަށް ބަހައިގެންނެވެ. އަދި ކޮންމެ ދެބައެއްގެ ދެމެދު 3 އެމް.އެމްގެ ދުރުމިން ހުންނަންވާނެއެވެ.
  8. ތަޅުމުގެ ރޭޝިއޯ: 4:1       ސިމެންތި: ހިލަވެލި
  9. މިއިޢުލާނުގެ ޖަދުވަލު 1 ގައިވާ ކުރެހުމާއި އެއްގޮތަށް ރީނދޫކުލައިން ޓްރެކް ކުރެހުން.
  10. ޓްރެކް ލައިންތަކުގެ ފުޅާމިނުގައި 4 (ހަތަރެއް) އިންޗި ހުންނަންވާނެއެވެ.

ރަޖިސްޓްރީކުރުން

2024 އޮގަސްޓް 18 ވާ އާދީއްތަ ދުވަހުގެ 13:00ގެ ކުރިން ބިޑް ރަޖިސްޓްރީކުރަންވާނެއެވެ. ބިޑް ރަޖިސްޓްރީ ފޯމުގެ ލިންކް ތިރީގައި އެވަނީއެވެ.

އެއްގަމު ލައިސަންސް ޓްރެކްޓްއެޅުމުގެ ބިޑުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް (google.com)

ބިޑް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ ބިޑް ބަލައިނުގަންނާނެ ވާހަކަ ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުން

މި މަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް އީ-މެއިލް ކުރައްވާނީ 2024 އޮގަސްޓް 18 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައި ދަންނަވާފައިވާ އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.

އީމެއިލް އެޑްރެސް:  [email protected]

ކޮޕީ:  [email protected]

އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަނޑި އާއި ހުށަހަޅާނެގޮތް

  • ·         2024 އޮގަސްޓް 19 ވާ ހޯމަ ދުވަހުގެ 13:00 އަށް.
  • އަންދާސީ ހިސާބު ހުށަހަޅާނީ މިއިދާރާއަށް ވަޑައިގެންނެވެ.
  • އަންދާސީ  ހިސާބު ހުޅުވުން އޮންނާނީ އަންދާސީ ހިސާބު ހުށަހަޅާ ދުވަހު އަންދާސީ ހިސާބު ހުށަހަޅާ ގަޑީގައެވެ.

އަގު ހުށަހަޅަންވީ ގޮތް:

- އަގު ހުށަހަޅަންވާނީ ދިވެހި ރުފިޔާއިންނެވެ.

- އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައިއެވެ.

- ސިޓީއުރައިގައި ބަންދުކުރެވިފައިވާ ލިޔެކިޔުން ފިޔަވާ އެހެން ލިޔުމެއް ފަހުން ބަލައެއް ނުގަނެވޭނެއެވެ. އަދި ބަންދުކުރެވިފައިވާ ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު އަދި ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.

"އެއްގަމު ލައިސަންސް ޓްރެކްއެޅުން"

މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ

ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް:

- ވިޔަފާރީގެ މުއްދަތު ހަމަނުވާ ރަޖިސްޓްރީގެ ކޮޕީ.

- އަންދާސީ ހިސާބު ހުށަހަޅާ ފޯމް

ޕޮއިންޓް ދެވޭގޮތުގެ ތަފްސީލު:

  1. ޕޮއިންޓް ދިނުމުގައި ބަލާ މިންގަނޑު ތަކަކަކީ :

- އަގު %80

- ތަޖުރިބާ

- މުއްދަތު

  1. ބިޑް އިވެލުއޭޓްކުރުމުގައި އަގުގެ ބެންޗްމާކުގެ ގޮތުގައި ބަލާނީ ހުށަހަޅާފައިވާ އެންމެ ކުޑައަގެވެ.
  2. ތަޖުރިބާއަށް ޕޮއިންޓް ދިނުމުގައި ބަލާނީ ފާއިތުވި 2 އަހަރު ކޮށްފައިވާ މިފަދަ މަސައްކަތްތަކުގެ ލިޔުމަށެވެ.
  3. ބިޑް އިވެލުވޭޓްކުރުމުގައި މުއްދަތުގެ ބެންޗްމާކުގެ ގޮތުގައި ބަލާނީ ހުށަހަޅާފައިވާ އެންމެ ކުރު މުއްދަތެވެ.
  4. ބިޑް އިވެލުއޭޓް ކުރާނީ މިއިދާރާގެ ބިޑް އިވެލުއޭޝަން ކޮމިޓީންނެވެ.
  5. ބިޑް އިވެލުއޭޝަން ކޮމިޓީން އިވެލުއޭޓްކުރުމަށް ފަހު، ބިޑުތައް ކާމިޔާބު ކުރެވުނު ފަރާތަށާއި ނުކުރެވުނު ފަރާތްތަކަށް އެންގޭނެއެވެ.
  6. ބިޑް އިވެލުއޭޝަނާއި ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ "ބީލަންވެރިޔާ މައްސަލަ ހުށަހަޅާ ފޯމް" ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

11 އޮގަސްޓް 2024