ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)352/352/2024/43
ޕަބްލިޝްކުރި ތާރީޚް: 11 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 14:02
އަރިއަތޮޅު ދެކުނުބުރީ ދަނގެތީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އޮޑިދޯނިފަހަރު އެހެލާ ބޭލުމުގައި ޢަމަލުކުރާނެ އުޞޫލަށް ޢަމަލުކުރަން ފެށިކަން ޢާއްމުކޮށް އެންގުން:

މިރަށުގައި އޮޑިދޯނިފަހަރު އެހެލާ ބޭލުމުގައި ޢަމަލުކުރާނެ އުޞޫލެއް ހެދިފައި ނެތުމުން އެފަދަ އުޞޫލެއް މިކައުންސިލުން  އެކުލަވާ ލުމަށްފަހު އެއުޞޫލު މިރަށުގެ ރައްޔިތުންނަށް ޢާއްމުކޮށް ހުޅުވާލައިގެން ބޭއްވުނު ބައްދަލުވުމަކަށް ހުށަހަޅާއި އުޞޫލަށް ރައްޔިތުންގެ ފަރާތުން  ހުށަހެޅި އިސްލާޙު ތަކާއެކު، އޮޑިދޯނިފަހަރު އެހެލާ ބޭލުމުގައި ޢަމަލުކުރާނެ އުޞޫލު މިކައުންސިލްގެ 04 ވަނަ ދައުރުގެ 2024/121 ( 06 އޮގަސްޓް 2024 ) ޢާއްމު ޖަލްސާއަށް ހުށަހަޅާއި އެޖަލްސާގެ އިއްތިފާޤުން ވަނީ ފާސްވެފައެވެ.

ވުމާއެކު، މިއުޞޫލު 11 އޮގަސްޓް 2024 ދުވަހު ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކޮށްފައިވާތީ، 11 އޮގަސްޓް 2024 ދުވަހުން ފެށިގެން އުޞޫލަށް ޢަމަލު ކުރަމުން ގެންދާނަމެވެ.

ވީމާ، މިއިޢުލާނު އާއެކު '' މިރަށުގައި އޮޑިދޯނިފަހަރު އެހެލާ ބޭލުމުގައި ޢަމަލުކުރާނެ އުޞޫލު '' ޢާއްމު ކޮށްފައިވާތީ، މިއުޞޫލަށް ޢަމަލު ކުރަމުން ގެންދާނެކަން ޢާއްމުކޮށް ރައްޔިތުންނަށް އަންގަމެވެ.  

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށް ޓަކައި އިޢުލާނު ކުރީމެވެ.   

11 އޮގަސްޓް 2024