ދިވެހިރާއްޖެ
ގައްދޫ ޞިނާޢީ ސަރަޙައްދުގެ A ޒޯނުން ތެޔޮ ވިއްކުމަށްޓަކައި 2 އަދި 3 ވަނަ ނަންބަރު ބިން ކުއްޔަށް ދޫކުރުން
ގައްދޫ އައިސް ޕްލާންޓް ސަރަޙައްދުގެ ޞިނާޢީ ބޭނުންތަކަށް ކަނޑައެޅިފައިވާ 2 އަދި 3 ނަންބަރު ބިން 25 އަހަރަށް ކުއްޔަށް ދޫކުރުމަށް އިޢުލާންކޮށްފައިވާ އިޢުލާނުގައި ކަނޑައަޅާފައިވާ "މަޢުލޫމާތު ދިނުމުގެ ބައްދަލުވުން ބާއްވާނެ ތާރީޚު" ކުޑަކަމަށް ފެންނާތީ މި ދެބިން ކުއްޔަށް ދިނުމަށް އަލުން އިޢުލާންކުރަމެވެ.
ވީމާ، މި ދެބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 11 ޖޫން 2015 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ 14:00 އަށް ކައުންސިލް އިދާރާގެ މީޓިންގރޫމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު 25 ޖޫން 2015 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ 14:00 އަށް ކައުންސިލް އިދާރާގެ މީޓިންގރޫމަށް ވަޑައިގެން ބީލަން ހުށަހެޅުމަށް ދަންނަވަމެވެ.
މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިގަންނަވާއިރު ކާކުކަން އަންގައިދޭ މުއްދަތު ހަމަނުވާ އައިޑީކާޑު އަދި ފަރުދުންގެ ވިޔަފާރިއެއް/ކުންފުންޏެއްގެ ފަރާތުން ބައިވެރިވާނަމަ އެޝަޚުޞެއްގެ ހައިސިއްޔަތު ބަޔާންވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ. ގަޑިއަށް މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.
ޕްރޮޕޯޒަލްތައް އިވެލުއޭޓް ކުރުމުގައި ޕޮއިންޓް ދޭން ހަމަޖެހިފައިވާ އުސޫލު ތިރީގައި މިވަނީއެވެ.
| 
 1  | 
 ތަނުގެ ކުލި  | 
 50  | 
| 
 2  | 
 މާލީ ޤާބިލުކަން  | 
 20  | 
| 
 3  | 
 ތަޖުރިބާ  | 
 10  | 
| 
 4  | 
 ވަޒީފާ އުފައްދާ މިންވަރު  | 
 05  | 
| 
 5  | 
 ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ  | 
 05  | 
| 
 6  | 
 އިންވެސްޓްމަންޓް  | 
 10  | 
06 ޝަޢުބާން 1436