އިންޝުއަރެންސް
ނަންބަރު: (IUL)425-A1/1/2015/70
ޕަބްލިޝްކުރި ތާރީޚް: 27 މޭ 2015
ޕަބްލިޝްކުރި ގަޑި: 10:53
ސުންގަޑި: 15 ޖޫން 2015 14:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިދޭސީ މުވައްޒަފުން އިންޝުއަރެންސްކުރުމަށް

މާލޭ ސިޓީ ކައުންސިލްގެ އިދާރާގައި މަސައްކަތްކުރައްވާ ބިދޭސީ މުވައްޒަފުން އިންޝުއަރެންސްކުރުމަށް ބޭނުންވެގެން ކުރެވުނު މިއިދާރާގެ ނަންބަރު: 49/IUL)425-A1/1/2015)ފ(16 އެޕްރީލް 2015) އިޢުލާނާ ގުޅިގެން ދިނުމަށް ހަމަޖެހިފައިވާ މަޢުލޫމާތު މާލޭ ސިޓީ ހޯލް ހުސްކުރުމަށް އެންގުމާ ގުޅިގެން ކެންސަލް ކުރެވިފައިވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މަޢުލޫމާތު ސާފުކުރުމަށް މިއިދާރާގެ ވޭސްޓް މެނޭޖްމަންޓް ސެކްޝަނަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ. 

ތަފުސީލު

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރެއްވުމަށް

08 ޖޫން 2015

ހޯމަ

13:00

އަގު ހުށަހެޅުއްވުމަށް

15 ޖޫން 2015

ހޯމަ

14:00

 

 

 

އަގު ހުށަހަޅުއްވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި މި އިޢުލާން ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. ކަނޑައެޅިފައިވާ ގަޑިއަށް މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކާއި ގަޑިޖެހިގެން ބިޑް ހުށަހަޅަން ހާޒިރުވާ ފަރާތްތަކުގެ ބިޑް ބަލައެއް ނުގަނެވޭނެއެވެ. 

9 ޝަޢުބާން 1436

27 މޭ 2015