ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)168-CA/1/2024/69
ޕަބްލިޝްކުރި ތާރީޚް: 11 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 12:00
ސުންގަޑި: 15 އޮގަސްޓް 2024 12:00
ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ރައިޓްސް ސައިޑް އޮފް ލައިފް ސަރވޭ އަށް އިނުމަރޭޓަރސް ހޯދުން ގްރޭޓަރ މާލެ އޭރިއާ (މުއްދަތު އިތުރުކުރުން)

 

ރައިޓްސް ސައިޑް އޮފް ލައިފް ސަރވޭ އަށް އިނުމަރޭޓަރސް ހޯދުން

ގްރޭޓަރ މާލެ އޭރިއާ (މުއްދަތު އިތުރުކުރުން)

 ބޭނުންވާ އިނިއުމަރޭޓަރުންގެ އަދަދު: 11 އަންހެން އަދި 11 ފިރިހެން (މާލެ ސަރަޙައްދު)

              3 އަންހެން އަދި 3 ފިރިހެން (ހުޅުމާލެ ފޭސް 1)

              3 އަންހެން އަދި 3 ފިރިހެން (ހުޅުމާލެ ފޭސް 2)

 ކޮންމެ އިނިއުމަރޭޓިންގ ޓީމެއްގައި ތިބޭނީ އެއް އަންހެން އަދި އެއް ފިރިހެން އިނިއުމަރޭޓަރެވެ.

 ޓްރެއިނިންގ: 1 ދުވަސް – 24 އޮގަސްޓް 2024

 ސަރވޭގެ މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ތާރީޅް: 25-29 އޮގަސްޓް 2024

 

 މަސްޢޫލިއްޔަތު:

  1. "ރައިޓްސް ސައިޑް އޮފް ލައިފް" ސަރވޭގައި ބައިވެރިވުމުގެ ކުރިން ސަރވޭގެ މައުލޫމާތު ދިނުމަށްޓަކައި ބޭއްވޭ އެއް ދުވަހުގެ ޓްރެއިނިންގގައި ބައިވެރިވުން.
  2. އިންސާނީ ޙައްޤުތަކާ ގުޅޭ ގޮތުން ކޮމިޝަނުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ސާރވޭ "ރައިޓްސް ސައިޑް އޮފް ލައިފް" ސަރވޭ ހެދުމަށްޓަކައި ގޭގެއަށް ގޮސް މީހުންނާއި ބައްދަލުކޮށް ސަރވޭ ފޯމް ފުރުން. މި ފޯމް ފުރަންޖެހޭ އަދަދު ކަނޑައެޅޭނީ ރަށުގެ އާބާދީއަށް ބެލުމަށްފަހު ނެގޭ ސާމްޕަލްއަކުންނެވެ.

 އިނިއުމަރޭޓަރސްގެ ގޮތުގައި ނަގާ ފަރާތްތަކުގެ ޝަރުތުތައް:

 

  1. އުމުރުން 18 އަހަރުވެފައިވާ މީހަކު ކަމުގައިވުން.
  2. އެއްވެސް ހުކުމެއް ތަންފީޛުކުރަމުންދާ ފަރާތެއްކަމުގައި ނުވުން. 
  3. ސާނަވީ އިމްތިހާން ފުރިހަމަކޮށްފައިވާ ފަރާތެއްކަމުގައިވުން.
  4. ފަސޭހަކަމާއެކު ޓެބްލެޓް ބޭނުންކުރަން ދަންނަ ފަރާތެއްކަމުގައިވުން.
  5. އޮބްޖެކްޓިވްކޮށް އަދި މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ޤާބިލުކަން ލިބިފައިވުން. 
  6. އިރުޝާދުތަކާ އެއްގޮތަށް މަސައްކަތްކުރުމުގެ ޤާބިލުކަން ހުރުމާއެކު އެހެންމީހުންނާ ގުޅިގެން މަސައްކަތްކުރުމުގެ ޤާބިލުކަންހުރުން.
  7. ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތެއްކަމުގައިވުން.  
  8. ފްލެކްސިބަލްކޮށް އަދި ކުއްލި ހާލަތުގައި މަސައްކަތް ކުރެވޭނެ ފަރާތެއްކަމުގައިވުން.
  9. އެންމެހާ މަސައްކަތްތަކުގައި ޕްރޮފެޝަނަލިޒަމް ދެމެހެއްޓުން.

 ނޯޓު: ކުރިން އެއްވެސް ސަރވޭއެއްގައި މަސައްކަތް ކޮށްފައިވާ ފަރާތެއްނަމަ އިސްކަންދެވޭނެއެވެ.

 އުޖޫރަ:

  1. ފުރާ ކޮންމެ ސަރވޭ ފޯރމަކަށް /-75 (ހަތްދިހަ ފަސް ރުފިޔާ)
  2. ޓްރެއިނިންގގައި ބައިވެރިވާ ދުވަހަށް -/100 (ސަތޭކަ ރުފިޔާ)
  3. 125/- (ސަތޭކަ ފަންސަވީސް ރުފިޔާ) ގެ މޮބައިލް ޑޭޓާ

 ސުންގަޑި

 15 އޮގަސްޓް 2024 (ބުރާސްފަތި) ދުވަހުގެ 12:00 ގެ ކުރިން

 އެހެނިހެން:

 

 

 

 

 

 

  1. ކޮންމެ ޓީމަކުންވެސް ފުރަންޖެހޭ ފޯރމުތަކުގެ އަދަދު ކަނޑައެޅޭނީ އެ ޓީމެއް މަސައްކަތްކުރާ ސަރަހައްދެއްގައި ސަރވޭއަށް ހޮވިފައިވާ ގެތަކުގެ އަދަދަށް ބަލާފައެވެ. 
  2. މި މަސައްކަތަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ދީފައިވާ ސުންގަޑި ހަމަވުމުގެ ކުރިން މި ލިންކު (https://forms.gle/4uLnVZJdn6TiHeff7) މެދުވެރިކޮށް ކޮމިޝަނަށް ހުށައެޅުއްވުން އެދެމެވެ.  

 ނޯޓު: ސަރވޭގެ އިނިއުމަރޭޓަރުންގެ ގޮތުގައި ޙަރަކާތްތެރިވުމަށް ބޭނުންވާ އަދަދަށްވުރެ ގިނަ ފަރާތަކަށްވުރެ އިތުރަށް ކުރިމަތި ލައްވައިފިނަމަ، ފޯކަލް ޕޮއިންޓުން ހޮވާނީ ކޮމިޝަނުން ކަނޑައަޅާފައިވާ ގޮތެއްގެ މަތިން އިވެލުއޭޓްކުރުމަށްފަހު މި ކޮމިޝަނުންނެވެ.

 

11 އޮގަސްޓް 2024