ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)412/412/2024/55
ޕަބްލިޝްކުރި ތާރީޚް: 11 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 11:01
ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަނޑިފުޅު ދޫނި ހިފުން މަނާ ކުރުން

 ދަނޑިފުޅު ދޫނި ހިފުން މަނާ ކުރުން

ޤާނުނު ނަންބަރު 93/4 ( ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ބެލެހެއްޓުމުގެ ޤާނޫނު) ގެ ދަށުން ހިމާޔަތް ކޮށްފައިވާ ކޮނޑޭގެ ވެށީގައި ދިރިއުޅޭ ދޫންޏެއްކަމުގައިވާ ދަނޑިފުޅު ދޫނި ހިފައި، އޭގެ ވެއްޓަށް ގެއްލުންދޭ ކަމުގެ ޝަކުވާ މިއިދާރާއަށް ދަނީ ލިބެމުންނެވެ.

 ވީމާ، މި ކަމަކީ ޤާނުނު ނަންބަރު 93/4 ( ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ބެލެހެއްޓުމުގެ ޤާނޫނު) ގެ ދަށުން މަނާ ކުރެވި، ގަވާއިދު ނަންބަރު 2012/R-9 ( ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލުހޯދުމުގެ ގަވާއިދު) ގެ ދަށުން ފިޔަވަޅު އެޅޭނެ ކުށަކަށްވުމުން ކޮނޑޭގައި ދިރިއުޅޭ އެއްވެސް ބާވަތެއްގެ ހިމާޔަތް ކޮށްފައިވާ ދޫންޏެއް ނުހިފުމަށާއި، އޭގެ ވެއްޓަށް ގެއްލުން ލިބޭނެ އެއްވެސް ޢަމަލެއް އެއްވެސް ފަރާތަކުން ނުކުރުމަށް އިލްތިމާސް ކުރަމެވެ. އަދި މި ފަދަ ކުށެއް އެއްވެސް ފަރާތަކުން ކުރާނަމަ އެފަރާތަކާއި މެދު ފިޔަވަޅު އެޅޭކަން އަންގައި އިޢުލާން ކުރަމެވެ.

11 އޮގަސްޓް 2024