ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)257/257/2024/52
ޕަބްލިޝްކުރި ތާރީޚް: 11 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 10:30
ސުންގަޑި:
15 އޮގަސްޓް 2024 12:00
ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ފަހާ ކޯހެއް ހިންގައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ
ހއ.ބާރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއިން ހިންގުމަށް ހަމަޖެހިފައިވާ ފަހަން ދަސްކޮށްދޭ ބޭސިކް އަދި އެޑްވާންސް ކޯހެއް ހިންގައިދޭނެ، ކަމުގެ ފަންނުވެރި ބޭފުޅަކު ހޯދަން ބޭނުންވެއްޖެއެވެ.
މިކަމަށް ޝައުޤުވެރިވާ ފެހުމުގެ ފަންނުވެރިކަން ހުރި ބޭފުޅުން 2024 އޮގަސްޓް 15 ވަނަ ދުވަހު 12:00ގެ ކުރިން ލިބިފައިވާ ސެޓްފިކެޓް ތަކުގެ ނަކަލާއި އައިޑީ ކާޑުގެ ނަކަލް ހިމަނައިގެން ހުށައެޅުއްވުން އެދެމެވެ. މިކަމަށް ހުށައަޅާ ލިޔުމުގައި ކޯސް ހިންގައިދެވޭނެ އަގާ، ހުރުމާއި ކެއުން އަދި ދަތުރުފަތުރުތައް ހިމަނައިގެން ހުށައެޅުއްވުން އެދެމެވެ. އަދި ކޯހުގައި ކިޔަވައިދެވޭނެ ބައިވެރިންގެ އަދަދުވެސް މިލިއުމުގައި ހިމަނަންވާނެއެވެ.
މިހެންވެ މިކަން އާއްމުކޮށް އަންގާ އިއުލާން ކުރީމެވެ.
11 އޮގަސްޓް 2024